
ރޯދަމަހަށްފަހު އާ މާރުކޭޓުގެ މަސައްކަތް ފެށުމުން ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ: ރައީސް
ރޯދަމަހަށްފަހު އާ މާރުކޭޓުގެ މަސައްކަތް ފެށުމުން ވިޔަފާރިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ: ރައީސް
ލިޔުން:
ލޯކަލް މާރުކޭޓު ހުރި ސަރަހައްދުގައި ތަރައްގީކުރާ އައު މާރުކޭޓުގެ މަސައްކަތް ރޯދަމަހަށްފަހު ފެށިގެންދާނެ ކަމަށާއި އެ މާރުކޭޓާއެކު ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލު ލިބިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އެކި ކަންކަމުގައި އާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު" ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމްގެ ތެރެއިންނެވެ.
އެގޮތުން، ހއ. ބާރަށަށް ނިސްބަތްވާ އަބްދުﷲ އިބްރާހިމް މަނިކު ވަނީ ލޯކަލް މާރުކޭޓުގެ ސާފުތާހިރުކަމުގެ މައްސަލައަށް ހައްލެއް ގެނެސްދިނުމަށާއި މާރުކޭޓު ވިޔަފާރީގައި ދިވެހިންނަށް ވުރެ ބޮޑަށް ބިދޭސީންގެ ބާރު އޮންނާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެ މައްސަލަތަކަށް ހައްލު ގެނެސްދިނުމަށް ސަރުކާރުން ކުރާނެ ކަންތަކާ ބެހޭގޮތުން ރައީސް އާ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ މާލޭ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓަކީ އެކަށީގެންވާ ފެންވަރުގައި ހުރިތަންތަނެއް ނޫން ކަމަށާއި މާރުކޭޓުތައް ހިންގަން އާ އިމާރާތެއް އެޅުމަށް ސަރުކާރުން ދޭންޖެހޭ ހުރިހާ ހުއްދަ އެއް މާލޭ ސިޓީ ކައުންސިލަށް މިހާރު ދީފައިވާ ކަމަށެވެ.
"އެ ދެ މާރުކޭޓުގެ ބަދަލުގައި މިހާރު ލޯކަލް މާރުކޭޓު އެ ހުރިތަނުގައި އެންމެ ޒަމާނީ ފެންވަރުގައި، ދުނިޔޭގެ އެންމެ ރަނގަޅު ފެންވަރުގައި މާރުކޭޓުތައް ހުންނަ ފެންވަރުގެ އިމާރާތެއް އަޅާފައި، އެތަނުގައި މަސްމާރުކޭޓުވެސް އަދި ލޯކަލް މާރުކޭޓު، ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާތަކެތި ވިއްކޭކަހަލަ ޖާގަވެސް ހިމެނޭގޮތަށް 4 ބުރީގެ މާރުކޭޓު އިމާރާތެއް އަޅަން. އަދި ޕާކިންވެސް އެތާނެ ބޭސްމެންޓަގައި ހިމެނޭ ގޮތަށް" ރައީސް ވިދާޅުވިއެވެ.
https://twitter.com/governmentmv/status/1753659949467717702?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1753659949467717702%7Ctwgr%5Edee3cf968ae79330c064256b9b06313838f70f67%7Ctwcon%5Es1_&ref_url=http%3A%2F%2Fdhauru.com%2Fpost%2Fnews%2F26132
އަލަށް އެޅުމަށް ތައްޔާރުވާ މާރުކޭޓުގެ ޖާގައިގެ ތަނަވަސްކަމަށް އަލިއަޅުވާލާ ރައީސް ވިދާޅުވީ އެ މާރުކޭޓުގައި މަސްމާރުކޭޓާއި ލޯކަލް މާރުކޭޓާއި ދަތުރުވެރިންގެ މާރުކޭޓުގައި ވިއްކާ ހުރިހާ ބާވަތެއް ވިއްކާނެ ޖާގަ ހުންނާނެ ކަމަށާއި ގޮޅިތަކުގެ ޖާގަ ވެސް މިހާރުގެ މާރުކޭޓުތަކުގައި ހުންނަވަރަށްވުރެ ތަނަވަސްވާނެ ކަމަށެވެ
އޭގެ އިތުރުން، ބިދޭސީ ވިޔަފާރިވެރިންގެ މައްސަލަ ވެސް އައު މާރުކޭޓާއެކު ހައްލުވެގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
"ބޭރު މީހުންގެ މައްސަލައަކީ ތަންކޮޅެއް ބޮޑުވެފައި އޮތް ކަމެއް. ދިވެހިންނަށް ގޮޅި ދޫކުރަނީ. އެހެންވީމަ އެކަމަކީ އިރާދަކުރެއްވިއްޔާ ސަރުކާރު ތެރެއިން އިމްޕްލިމަންޓިންގ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކާ ގުޅިގެން ކުރިއަށް އޮތްތާނގައި ހައްލުވެގެންދާނެ ކަމެއް." ރައީސް ވިދާޅުވިއެވެ.
އާ މާރުކޭޓުގެ މަސައްކަތް ރޯދަމަހަށްފަހު ފެށިގެންދާއިރު، ލޯކަލް މާރުކޭޓުގައި މިހާރު ވިޔަފާރިކުރާ ފަރާތްތައް ވަގުތީ މާރުކޭޓަކަށް ބަދަލުކުރެވޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އާ މާރުކޭޓުގައި ހަތް ފަންގިފިލާ ހަދަން ނިންމާފައިވާއިރު، އެންމެ ތިރީ ފަންގިފިލާގައި ހުންނަނީ މަސްމާރުކޭޓުތަކެވެ. އަދި އެ މާރުކޭޓުގެ 1،2،3 ވަނަ ފަންގިފިލާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓުގައި ވިއްކާތަކެއްޗަށް ހާއްސަކުރުމަށް ނިންމާފައިވާއިރު، މި މާރުކޭޓުގެ އެންމެ މަތ ީފަންގިފިލާގައި ކޯލްޑް ސްޓޯރެޖެއް ވެސް ހިމެނެއެވެ. އޭގެ އިތުރުން، ފުޑް ކޯޓުތަކެއް ވެސް ހުންނާނެ ކަމަށް ސިޓީ ކައުންސިލުން ކުރިން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
