
ރޯދަ އިނާޔަތް ނުލިބޭ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދިއްޖެ
ރޯދަ އިނާޔަތް ނުލިބޭ ފަރާތްތަކުން ޝަކުވާ ހުށަހަޅަން އެދިއްޖެ
ލިޔުން:
ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަމަހުގެ ފެށުމުގެ ކުރިން ރޯދަމަހުގެ އިނާޔަތް ނުލިބޭ އެންމެހާ މުވައްޒިފުން އެކަމާ ޝަކުވާ ހުށައެޅުމަށް ލޭބަ ރިލޭޝަންސް އޮތޯރުޓީން އެދިއްޖެ އެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީން ކުރި އިއުލާނެއްގައި ބުނީ ވަޒީފާއާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން، ވަޒީފާއަދާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަސް ފެށުނުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ ކަމަށާއި ނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭ ކަމަށާއި އިނާޔަތް ދިންކަމުގައިވިޔަސް، ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ވަނީ ފާހަގަކުރެވިފައިވާ ކަމަށެވެ. . ވަޒީފާ އަދާކުރާ މީހުންގެ ތެރެއިން ރޯދަ އިނާޔަތް ނުލިބި ހުރި އެއްވެސް ފަރާތެއް ވާނަމަ އެއިދާރާގެ ޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށައެޅުމަށް ލޭބަރ ރިލޭޝަންސް އޮތޯރިޓީ އިން ބުނެފައިވެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި ރޯދަ އިނާޔަތް ފުރަތަމަ ހިމެނި އިރު ބިދޭސީ މުވައްޒަފުންގެ ތެރެއިން މުސްލިމް މުވައްޒަފުންނަށް ވެސް އެ އިނާޔަތް ދޭން ޖެހެ އެވެ. އެހެން ނަމަވެސް އެ ގާނޫނަށް ފަހުން ބަދަލު ގެނެސް މިހާރު އޮންނަނީ ބިދޭސީ މުވައްޒިފުންނަށް އިނާޔަތް ދިނުން އިޚުތިޔާރީ ކަމެއްގެ ގޮތުގަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
