
ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނާ ސްކޭމް ލިންކްތަކަކަށް ސަމާލުވާން އެދިއްޖެ
ރޯދަ ހަދިޔާ ލިބޭނެ ކަމަށް ބުނާ ސްކޭމް ލިންކްތަކަކަށް ސަމާލުވާން އެދިއްޖެ
ލިޔުން:
ރޯދަ ހަދިޔާ ލިބޭނެކަމަށް ބުނެ އެކިއެކި ކުންުފުނިތަކުގެ ނަމުގައި ސްކޭމް މެސެޖްތަކެއް ފޮނުވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެފަަދަ މެސެޖްތަކުގައިވާ އެއްވެސް ލިންކަކަށް ނުފިތައް އެދޭ ކަަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން ރޭ ކުރި ޓްވީޓެއްގައި ބުނީ ރޯދަމަހާ ގުޅުވައި ފޮނުވަން ފެށި އެ މެސެޖްތަކުގެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ލިންކްތައް ފޮނުވައިގެން މީހުންގެ އީމެއިލް ކޮމްޕްރޮމައިޒްކޮށް، އެގޮތުން އިންޓަނެޓް ބޭންކިންއަށް ވަދެގެން ވައްކަން ކުރުން ރާއްޖޭގައި ފަހަކަށް އައިސް ވަނީ އާއްމު ވެފަ އެވެ. ފުލުހުން މީގެ ކުރިން ވަނީ އެކަން ހިނގާ ގޮތުގެ ތަފްސީލާްއި އެކު މީހުން ހޭލުންތެރި ކުރުމުގެ ލިއުންތައް ވެސް ޝާއިއުކޮށްފަ އެވެ.
ފުލުހުންގެ ވެބްސައިޓްގައި ކުރިން އާއްމުކުރި ލިއުމެއްގައި ބުނި ގޮތުގައި އިންޓަނެޓް ބޭންކިން ކްރެޑެންޝަލްސް ކޮމްޕްރޮމައިޒް ވެފައި ހުންނަ ގޮތްތައް، އެ ބާވަތުގެ މައްސަލަތައް ތަހުގީގު ކުރުމުގައި ފުލުހުންނަށް ވަނީ ފާހަގަ ކުރެވި ފަ އެވެ. އެފަދަ އެއް ކަމަކީ ފުލުހުން ބުނި ގޮތުގައި، އިތުބާރު ކުރެވޭ އެކިއެކި މުއައްސަސާތަކާއި ޖަމިއްޔާ ޖަމާއަތްތަކުގެ ނަމުގައި އުފައްދާފައި ހުންނަ "ޕިޝިން ލިންކްތަކަށް މީހުން ވަނުމެވެ.
"…މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމެވެ. ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އާދެއެވެ. މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދެއެވެ،" ފުލުހުންގެ ލިއުމައި ވެ އެވެ
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
