ރޯދަ ޑިސްކައުންޓް ދިނުމަށް ކަރަންޓް މީޓަރުގެ ރީޑިން ނެގުމުގެ ހާއްސަ ހަރަކާތެއް ސްޓެލްކޯއިން ފަށައިފި އެވެ.
މި އަހަރުގެ ރަމަޟާން މަހުވެސް ކަރަންޓާއި ފެންބިލުންޑިސްކައުންޓް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވާފައިވާތީ، ރަމަޟާން މަހުގެ ޑިސްކައުންޓް ހިމެނޭ ކަރަންޓު ބިލަށް ފުރަތަމަ ރީޑިންގނެގުމުގެ ގޮތުން ހާއްސަ ހަރަކާތެއް ސްޓެލްކޯއިން ވަނީ ފަށާފައެވެ.
އެކުންފުނިން ބުނެފައިވަނީ ގްރޭޓަރ މާލެ ސަރަޙައްދުގައި ރީޑިންގނެގުމުގެ މަސައްކަތުގައި ސްޓެލްކޯގެ އެކި މަޤާމުތައް އަދާކުރާ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވާ ކަމަށާއި އެގޮތުން މާލެ ސަރަހައްދުގެ ރީޑިންގ ނެގުމުގެ ހަރަކާތް މިއަދު ފައްޓަވައިދެއްވީ އެކުންފުނީގެ މެނޭގިންގ ޑިރެކްޓްރ ހުސައިން ފަހްމީ އެވެ.
މި އަހަރުގެ ރަމަޟާން މަހުގެ ކަރަންޓާއި ފެންބިލުންޑިސްކައުންޓް ދޭން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވުމާއި
— STELCO (@STELCOMALDIVES) February 27, 2025
ގުޅިގެން، ރަމަޟާން މަހުގެ ޑިސްކައުންޓް ހިމެނޭ ކަރަންޓު ބިލަށް ފުރަތަމަ ރީޑިންގނެގުމުގެ ޙަރަކާތް މިހާރު ދަނީ ފެށިގެން ކުރިއަށް. މި ޙަރަކާތް ފައްޓަވައިދެއްވީ… pic.twitter.com/upRgBkQyc9
އެއަށްފަހު މާލެ ސަރަހައްދުގެ ގޭބީސީ ތަކުގެ ކަރަންޓް މީޓަރުގެ ރީޑިން ނެގުމަށް އެ ކުންފުނީ މުވައްޒަފުން މިހާރު ދަނީ ޚަރަކާތްތެރިވަމުންނެވެ.







