ރޯދައަށް އެއްޗިހި އަގުބޮޑުވިޔަ ނުދޭން މަސައްކަތް އެބަ ކުރަން: ސަރުކާރު

ރޯދައަށް އެއްޗިހި އަގުބޮޑުވިޔަ ނުދޭން މަސައްކަތް އެބަ ކުރަން: ސަރުކާރު
ލިޔުން:
ރޯދަ މަހު ކާބޯތަކެތީގެ އަގުބޮޑުވިޔަ ނުދޭން ކުރަން ޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ރޯދަ މަހު ތަކެތީގެ އަގުބޮޑުވިޔަ ނުދޭން ކޮންމެ އަހަރަކު ެވެސް ކުރާ އެއް ކަމަކީ އެސްޓީއޯ މެދުވެރިކޮށް، ބާޒާރަށް ތަކެތި ނެރުން ކަަމަށާއި މިއަހަރު ވެސް އެސްޓީއޯއިން އެ މަސައްކަތް ކުރާނެ ކަމަށެވެ. އޭނާ ވިދާޅުވީ ރޯދަމަހު އުފެދޭ ޑިމާންޑާ އެއްވަރަށް އެސްޓީއޯއިން ތަކެތި ބާޒާރަށް ނެރޭނެ ކަމަށެވެ.
މިއުވާން ވިދާޅުވި ގޮތުގައި ރޯދަމަހުގެ ޑިމާންޑާ އެއްވަރަށް ބާޒާރަށް ތަކެތި ނެރެން އެސްޓީއޯއިން ޖުމްލަ ހަ ޝިޕްމަންޓެއް ގެންނަ އިރު އޭގެ ތެރޭގައި، ރޯދަ މަހު އެންމެ ގިނައިން ބޭނުންކުރާ ފިޔާ، އަލުވި އަދި ބިސް ހިމެނޭނެ އެވެ.
"މިތަކެތި، ހުސްވުމެއް ނެތި ސަޕްލައި ދެމެހެއްޓޭނެކަން ކަށަވަރުކުރުމަށް ޖުމްލަ ހަ ޝިޕްމަންޓެއް ގެނައުމަށް އެސްޓީއޯއިން ނިންމާފައިވޭ. އެގޮތުން ފުރަތަމަ ޝިޕްމަންޓް ، ފެބްރުއަރީ މަހުގެ 27 ވަނަ ދުވަހު ވަނީ ގެނެވިފައި،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރޯދަމަހު އުފެދޭ ޑިމާންޑާ އެއްވަރަށް ބާޒާރަށް މުދާ ނެރެ، ތަކެތީގެ އަގު ބޮޑުވިޔަނުދޭން ސަރުކާރުން ކުރާނެ ދެވަނަ ކަމަކީ މާލޭ ވިޔަފާރި ބަނދަރުން މުދާ ނެރުން އަވަސްކުރުމެވެ. އެ މަސައްކަތްކުރާނީ އެމްޕީއެލްއާއި ކަސްޓަމްސް އިންނެވެ.
"އެހެންވީމާ ދައުލަތުގެ ހުރިހާ އިދާރާތަކުން ގުޅިގެން މި މަސައްކަތް ކުރިއަށްދާނެ. ދެން މި މަސައްކަތް ރަނގަޅަށް ކުރިއަށް ދޭތޯ އަދި ތަކެތީގެ އަގު ހިފެެހެއްޓޭތޯ ، ސަޕްލައި ރަނގަޅަށް ކުރެވޭތޯ އެކަން ކަށަވަރުކުރަމުންދާނެ ސަރުކާރުގެ ފަރާތުން،" މިއުވާން ވިދާޅުވި އެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހު ރާއްޖޭގެ ބާޒާރުގައި ކާބޯތަކެތީގެ އަގު އިންތިހާއަށް ބޮޑުވާ އިރު އެންމެ ބޮޑަށް އަގުބޮޑުވަނީ ރާއްޖޭގައި ހައްދާ، ބާވަތްތަކެވެ. މިއުވާން ވިދާޅުވީ ރޯދަމަހު ތަކެތީގެ އަގު ބޮޑުވިޔަ ނުދޭން ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގެ އިތުރު ތަފްސީލު އަންނަ ހަފްތާފައި ދެއްވާނެ ކަަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
