
ރޯދަ އިނާޔަތުގެ ގޮތުގަ 3000 އަށްވުރެ ގިނައިން ދީފައިވާނަމަ، މުސާރައިން އެބައި ކަނޑަން ޕީސީބީ އިން ކުންފުނިތަކަށް އަންގައިފި
ރޯދަ އިނާޔަތުގެ ގޮތުގަ 3000 އަށްވުރެ ގިނައިން ދީފައިވާނަމަ، މުސާރައިން އެބައި ކަނޑަން ޕީސީބީ އިން ކުންފުނިތަކަށް އަންގައިފި
ލިޔުން:
ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ މަހާއި ގުޅުވައިގެން، ހަދިޔާ ދިނުމުގައި ކޭޝް ފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށާއި 3000 ރުފިޔާއަށްވުރެ ގިނައިން ނުވަތަ މަދުން ރޯދަ އިނާޔަތް ދީފައިވާނަމަ، މިމަހުގެ މުސާރައިން އެބައި އެޖަސްޓުކުރަން ޖެހޭނެ ކަމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އަންގައިފި އެވެ.
ޕީސީބީއިން މިހެން އެންގީ ރޯދަމަހުގެ އިނާތުގެ ފައިސާ ދިނުމުގައި އަމަލުކުރަންޖެހޭ ގޮތާއި ގުޅޭގޮތުން ނެރުނު ސާކިއުލާއެއްގައެވެ.
ޕީސީބީއިން ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތަށް ވަޒީފާ އަދާކުރާ ކޮންމެ މުވައްޒަފަކަށް ރޯދަަމަހުގެ އިނާޔަތުގެ ގޮތުގައި 3000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.
ޕީސީބީގެ ސާކިއުލާގައި ބުނެފައިވަނީ މުސާރަ ލިބޭގޮތަށް އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ މުވައްޒަފުންނަށް އިނާޔަތުގެ ފައިސާދޭއިރު އެ މުވައްޒަފަކަށް އިނާޔަތް ދޭނީ ހަމައެކަނި އެ މުވައްޒަފެއްގެ އަސާސީ ވަޒީފާ އޮންނަ އޮފީހަކުންކަމަށެވެ.
ރޯދަ މަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭގޮތަށް، 'ޕޭ ލީވް" ސްކޮލަރޝިޕް މުވައްޒަފުން އަދި "ނޯ ޕޭ ލީވް" ގައި ތިބޭ މުވައްޒަފުން އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނުމަށްވެސް ވަނީ އަންގަވާފައެވެ. އަދި މި ފަދަ "ލީވް" އެއްގައި ހުންނަ މުވައްޒަފަކު ރަމަޟާންމަހުގެ ތެރޭގައި އެނބުރި ޚިދުމަތަށް ނުކުމެއްޖެ ނަމަ އެދުވަހަކުން ފެށިގެން ރަމަޟާންމަހުގެ ނިޔަލަށް ޖެހޭ ޢަދަދެއް ބަލައި، އެ އަދަދަށް އިނާޔަތުގެ ފައިސާ ދިނުމަށްވެސް ޕީސީބީގެ ސާކިއުލާގައި ބުނެފައިވެއެވެ.
ޕީސީބީއިން ބުނީ، މިއަހަރުގެ ރޯދަމަހުގެ އިނާޔަތުގެ ގޮތުގައި މުވައްޒަފުންނަށް 3000 ރުފިޔާއަށްވުރެ ގިނައިން ނުވަތަ މަދުން އިނާޔަތުގެ ފައިސާ ދީފައިވާނަމަ، މާރިޗުމަހުގެ މުސާރަ ދޭއިރު އެ ބައި އެޖަސްޓުކުރަން ޖެހޭނެ ކަމަށެވެ.
ރޯދަމަހާއި ގުޅުވައި އިތުރު ހަދިޔާތައް މުވައްޒަފުންނަށް ދޭނަމަ އަދި ކުންފުންޏަކީ ފައިދާވާ ކުންފުންޏަކަށްވާނަމަ، ކޭޝްފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ މިންވަރަށް އެކަންތައް ކުރުމަށް ސަމާލުވުމަށްވެސް ޕީސީބީން ނެރުނު ސާކިއުލާގައި ވަނީ އަންގާފައެވެ.
ޕީސީބީއިން މިހެން އަންގާފައިވާ އިރު، ބައެެއް ކުންފުުނި ތަކުން ދަނީ ރޯދަ ހަދިޔާގެ ގޮތުގައި މުވައްޒަފުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ރޯދަ އިނާޔަތުގެ އިތުރުން ފައިސާ ދެމުންނެވެ. އެގޮތުން އެމްއޭސީއެލް އިން ވަނީ އިތުރަށް 2000 ރުފިޔާ ހަދިޔާގެ ގޮތުގައި މުވައްޒަފުންނަށް ދީފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
