މާލެ: 31°C
ރޯޑް ސޭފްޓީ ޕާާޓްނަރުންގެ ގޮތުގައި ފުލުހުންގެ ހިދުމަތާއި ތިން ކުންފުންޏަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

ރޯޑް ސޭފްޓީ ޕާާޓްނަރުންގެ ގޮތުގައި ފުލުހުންގެ ހިދުމަތާއި ތިން ކުންފުންޏަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

July 12, 2023
2 ފަހަރު ބަލާފައި
ރޯޑް ސޭފްޓީ ޕާާޓްނަރުންގެ ގޮތުގައި ފުލުހުންގެ ހިދުމަތާއި ތިން ކުންފުންޏަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި
ދިވެހި ފުލުހުންގެ ހިދުމަތުގެ ރޯޑް ސޭފްޓީ އެވެއާނެސް އެންޑް ޕްރިވެންޝަނުން މި އަހަރު ކުރިއަށް ގެންދާ ''ރައްކާ ކެމްޕެއިން'' ޕްރޮގްރާމް ކުރިއަށް ގެންދިއުމަށްޓަކައި ކުންފުންޏަކާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސް ވުމުގައި ސޮއި ކޮށްފައިވަނީ އިސްކަންދަރު ބިލްޑިންގުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. ފުލުހުންގެ ހިދުމަތާއެކު މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، ސިލްވަރ ޕާޓްނަރ އެލައިޑް އިންޝުއަރެންސް ކޮމްޕެނީއާއި ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ޓިޖިޓަލް ޕާޓްނަރ އުރީދޫ މޯލްޑިވްސްއެވެ.   ފުލުހުންގެ ހިދުމަތުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދުއެވެ. އެލައިޑް އިންޝުއަރެންސް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އިބްރާހީމް ފިރުޝާންއެވެ. ޝީޝާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް އެންޑް މާކެޓިންގ މެނޭޖަރ ފާތިމަތު ޖުމާންއެވެ. އަދި އުރީދޫ މޯލްޑިވްސްގެ ފަރާތުން  ސޮއިކުރެއްވީ ކޮމާޝަލް އޮފިސަރ އޮފް މޯލްޑިވްސް ހުސައިން ނިޔާޒެވެ.   މި ރަސްމިއްޔާތުގައި، އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު މުހައްމަދު، ރޯޑް ޕޮލިސްގެ ހެޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ދާއޫދު އަދި ސެންޓްރަލް ޕޮލިސިންގ ކޮމާންޑާއި އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑުގެ ވިންގުތަކުގެ ވެރިން ބައިވެރިވެލެއްވިއެވެ. މިއަދު މި ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމުގެ ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަމަޖެހިފައިވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ