"އެ އެގްރިމެންޓްގައި [ކޯލިޝަން އެގްރިމެންޓްގައި] މި އޮންނަނީ ދައުރު ނިމެންދެން އެކީގައި ތިބެން. އެއީ އަކުރުން އަކުރަށް މާނަކުރީމާ އޮންނަ ގޮތް. އެހެން ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކުރިއަށް ދާއިރުގައި އަޅުގަނޑުމެންނަށް އެކީގައި ނުތިބެވޭ ކަމަށް ވަންޏާ އޭގައި އެ އޮތީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި އެ އެގްރިމެންޓް ނިމުމަކާ ހިސާބަށް ގެންނަން ޖެހިފައި،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވީ ކޮންމެ ޕާޓީއަކުން ކެންޑިޑޭޓަކު ނެރޭ ނަމަ، ރިޔާސީ އިންތިހާބަށް ކުރާ ކެމްޕޭން ކުރިއަށް ދާއިރު ޚިޔާލުތަފާތުވުން އޮންނާނެ ކަަމަށެވެ. ކޯލިޝަން އެއްބަސްވުމުގެ ކުރިއަށް އޮތް ބައި ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެކަމުގައި އަދި ވަކި ގޮތެއް ނުނިންމަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. "އަދި އަޅުގަނޑުމެންނާ އެކީގައި ކުރިއަށް މި އޮތް އިންތިހާބުގައި ކޯލިޝަން ހެދުމަށް އެއްބަސްވެފައި މިއޮތް ޕާޓީތަކާ ވެސް އަޅުގަނޑު މިއަދު ވެސް މަޝްވަރާ ކުރިން އެކަމާ ދޭތެރޭގައި. އެހެންވީމާ އެ ހުރިހާ އެންމެންގެ މަޝްވަރާއާ އެކީގައި ގައުމަށް އެންމެ ފައިދާ ހުރި ގޮތަކީ ކޮބައިތޯ ބަލައި އެގޮތަކަށް އަޅުގަނޑު ކުރިއަށް ދާނީ،" ރައީސް ވިދާޅުވި އެވެ.
"ރިޔާސީ އިންތިހާބަށް އެކީގައި ނުތިބެވެންޏާ ކޯލިޝަން އެގްރިމެންޓް ޖެހޭނީ އުވައިލަން"

"ރިޔާސީ އިންތިހާބަށް އެކީގައި ނުތިބެވެންޏާ ކޯލިޝަން އެގްރިމެންޓް ޖެހޭނީ އުވައިލަން"
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް "ކުރިއަށް ދާއިރުގައި އެކީގައި ނުތިބެވޭ ކަމަށް ވަންޏާ" ކޯލިޝަން އެގްރިމެންޓް ނިމުމަކަށް ގެންނަން ޖެހޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ރައީސް އިބްރާހީމް މުހައްްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ރިޔާސީ އިންތިހާބަށް އެެމްޑީޕީއާ އެކު ކޯލިޝަން ހަދާފައިވާ އަދާލަތުޕާޓީއާއި އެމްޑީއޭގެ ވެރިންނާ އެކު ބޭއްވެވި ބައްދަލުވުމަކަށް ފަހު ނޫސްވެެެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އެހެން ނަމަވެސް އޭގެ މާނައަކީ ކޯލިޝަން ނެތުމެއް ވެސް ނޫން ކަމަށެވެ. އެއްބަސްވެވޭ އެއްބަސްވުމަކީ ތަންފީޒުކުރެވޭ އެއްޗަކަށް ވާން ޖެހޭނެ ކަމަށާއި ތަންފީޒު ނުކުރެވޭ ކަމަށް ވަންޏާ އެއްބަސްވުމެއްގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
