މާލެ: 31°C

ރިޔާސީ އިންތިހާބަށް އީސީ ވަގުތީ މުވައްޒަފުންތަކެއް ހޯދަނީ

December 13, 2022
2 ފަހަރު ބަލާފައި
ރިޔާސީ އިންތިހާބަށް އީސީ ވަގުތީ މުވައްޒަފުންތަކެއް ހޯދަނީ
ރިޔާސީ އިންތިހާބަށް އީސީ ވަގުތީ މުވައްޒަފުންތަކެއް ހޯދަނީ
އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރަން ޖެހޭ އެކިއެކި މަސައްކަތްތަކަށް ވަގުތީ 11 މުވައްޒަފަކު ނަގަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިއުލާނުކޮށްފި އެވެ. އީސީން އިއްޔެ ކުރި އިއުލާނެއްގައިވާ ގޮތުން ރިޔާސީ އިންތިހާބުގެ އެކި މަސައްކަތްތަކަށް ނަގާ ވަގުތީ މުވައްޒަފުންގެ އަސާސީ މުސާރައަކީ 4،465.ރ އެވެ. އެ މުވައްޒަފުންނަށް ސާވިސް އެލަވަންސްގެ ގޮތުގައި  މަހަކު 1،500.ރ ލިބޭނެ ކަމަށް ވެސް އީސީގެ އިއުލާނުގައި ބުންޏެވެ. އިންތިހާބަށް ނަގާ ވަގުތީ މުވައްޒަފުންގެ އެއް ޝަރުތަކީ ސިޔާސީ ޕާޓީއެއްގެ އިސް ހަރަކާތްތެެރިއަކަށް ނުވުމެވެ. އެ ވަޒީފާއަށް ކުރިމަތިވާ މީހަކީ ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ވެފައިވާ މީހެއް ނަމަ، ވަޒީފާ ލިބުމާއި އެކު ޕާޓީން ވަކިވާން ވެސް ޖެހޭނެ އެވެ. ތައުލީމީ ގޮތުން އެ ވަޒީފާތަކުގެ ޝަރުތަކީ ސާނަވީ އިމްތިހާނުތަކުން ނުވަތަ އެއާ އެއްފަދަ ފަދަ އެހެން އިމްތިހާނަކުން ދަށް ވެގެން "ޑީ"ގްރޭޑް ލިބިފައި ވުމާއި ސެކަންޑްރީ ސްކޫލް އިމްތިހާނު ނުވަތަ ހަޔާ ސެކަންޑްރީ އިމްތިހާނުގައި ދިވެހިން ދަށްވެގެން "ސީ" ފާސް ލިބިފައި ވުމެވެ. އެ ވަޒީފާތަކަށް ކުރިމަތިލެވޭނީ އުމުރުން 18 އަހަރުވެފައިވާ މީހުންނަށް ކަމަށް އީސީގެ އިއުލާނުގައި ބުނެފައި ވީ ނަމަވެސް މަތިވެގެން ކުރިމަތިނުލެވޭނެ އުމުރެއް ބުނެފައެެއް ނެތެވެ. ރިޔާސީ އިންތިހާބަށް ނަގާ ވަގުތީ މުވައްޒަފުން ކުރަން ޖެހޭނީ އީސީގެ އިއުލާނުގައިވާ ގޮތުން އިންތިހާބާ ގުޅޭ އިދާރީ މަސައްކަތްތަކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ