މާލެ: 31°C

ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު މިއަދު އާންމުކުރަނީ

ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު މިއަދު އާންމުކުރަނީ
May 2, 2023
2 ފަހަރު ބަލާފައި
ރިޔާސީ އިންތިހާބުގެ ވޯޓާސް ލިސްޓު މިއަދު އާންމުކުރަނީ
އަންނަ ސެޕްޓަމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވޯޓު ލެވޭ މީހުންގެ ވަގުތީ ލިސްޓު މިއަަދު އާންމުކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ދާދި ދެންމެ އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު " މިނިވަން" އިން ކުރި ސުވާލަކަށް ޖަވާބުދެއްވާ ވިދާޅުވީ ވޯޓާސް ލިސްޓު މިއަދުގެ ވަގުތެއްގައި އިލެކްޝަންސް ކޮމިޝަނުން ހާމަކުރާނެ ކަމަށެވެ. އިސްމާއީލް ހަބީބު ވިދާޅުވީ އެ ލިސްޓު ސިޔާސީ ޕަޓީތަކަށާއި އަދި ރަށުގެ ކައުންސިލްތަކަށް ވެސް ފޮނުވާނެ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އަޕްލޯޑް ކުރުމުގެ މަަސައްކަތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. " ވަރަށް ބޮޑު ލިސްޓެއް ވީމަ، އަޕްލޯޑްކުރަން ނަގާ ވަގުތު މިހާރު އެ ނަގަނީ، މިއަދު ހެނދުނުން ފެށިގެން އެމަސައްކަތް ކުރިއަށް އެބަދޭ" އިސްމާއިލް ހަބީބު ވިދާޅުވިއެވެ. އެ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް 30 ދުވަސް ދޭނެއެވެ. ގާނޫނުގައި ބުނާ ގޮތުން އިންތިހާބު ބޭއްވުމުގެ 160 ދުވަސް ކުރިން ވޯޓާސް ލިސްޓު އާންމުކުރަން ޖެހެއެވެ. ރިޔާސީ އިންތިހާބު ބާއްވަން މިހާރު ނިންމާފައި އޮތީ ސެޕްޓެމްބަރު މަހުގެ 09 ވަނަ ދުވަހު އެވެ. އަދި ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ސެޕްޓެމްބަރު މަހު 30 ގައި އިންތިހާބް ބާއްވާނެ އެވެ. މި ފަހަރުގެ އިންތިހާބުގައި 280،000 އެއްހާ މީހުންނަށް ވޯޓު ލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެންމެ ފަހުން ބޭއްވި އިންތިހާބުގައި 262،000 މީހުން ވޯޓު ލިއެވެެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ