
ޤާސިމް ރިޔާސީ ރޭހުގައި ވާދަ ނުކުރައްވާނެކަމަށް ފަތުރާ ވާހަކައަކީ އެއްވެސް އަސާސެއް ނެތްވާހަކައެއް: އަލީ ޝާހް
ޤާސިމް ރިޔާސީ ރޭހުގައި ވާދަ ނުކުރައްވާނެކަމަށް ފަތުރާ ވާހަކައަކީ އެއްވެސް އަސާސެއް ނެތްވާހަކައެއް: އަލީ ޝާހް
ލިޔުން:
ރިޔާސީ ރޭހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމް ވާދަ ނުކުރައްވާނެކަމަށް ފަތުރާ ވާހަކައަކީ އެއްވެސް އަސާސެއް ނެތްވާހަކައެއް ކަމަށް އެ ޕާޓީގެ ޑެޕިއުޓީ ލީޑާރ އަލީ ޝާހު ވިދާޅުވެއްޖެއެވެ.
ޝާހް މިހެން ވިދާޅުވެފައި ވަނީ އިދިކޮޅު ޕާޓީ ތަކުން ރިޔާސީ އިންތިހާބުގައި ގާސިމް ރާއީސް ސޯލިހަށް ތާއިދު ކުރަށްވާނެ ކަމަށް އަޑުތަށް ފެތުރިފައި ވަނިކޮށެވެ.
މިކަން ދޮގުކޮށް ޝާހް ކުރި ޓްވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ ތެރޭގައި ނުތަނަވަސްކަން އުފެއްދުމަށްޓަކައި ގާސިމް ރިޔާސީ އިންތިހާބްގައި އެހެން ޕާޓީއަކަށް ތާއީދުކޮށްފާނެ ކަމަށާއި، ރިޔާސީ ރޭހުގައި ވާދަ ނުކުރައްވާނެކަމަށް ފަތުރާ ވާހަކައަކީ އެއްވެސް އަސާސެއް ނެތްވާހަކައެއް ކަމަށެވެ.
https://twitter.com/aleeshahu/status/1653443852794216448?s=48&t=EmVCCDZfOtLMF7nPEy9xhg
އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ކެނޑިޑޭޓަކު ނެރެ އެޕާޓީން އިންތިޚާބުގައި ވަކިން ވާދަކުރަން ގާސިމް އިބްރާހީމް ނިންމެވީ މާރިޗް މަހުގެ 14 ވަނަ ދުވަހުއެވެ. ރިޔާސީ އިންތިހާބުގައި ޖޭޕީން ވާދަކުރަން ނިންމާފައިވަނީ ރައީސް ސޯލިހާއެކު ކޯލިޝަން ހެދުމަށް ދައުވަތު ވެސް ދެއްވާފައިވަނިކޮށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
