
ރިޔާސީ ރޭހަށް ނުކުންނެވުމާ މެދު ގޮތް ނިންމަވަން ޖޭޕީ ކައުންސިލުން ގާސިމަށް ބާރު ދީފި
ރިޔާސީ ރޭހަށް ނުކުންނެވުމާ މެދު ގޮތް ނިންމަވަން ޖޭޕީ ކައުންސިލުން ގާސިމަށް ބާރު ދީފި
ލިޔުން:
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ޖުމްހޫރީ ޕާޓީ( ޖޭޕީ)ގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނަވައި ކޯލިޝަނެއް ހައްދަވަން އެދިވަޑައިގަންނަވާ ނަމަ އެގޮތަށް އަމަލުކުރައްވަން ނުވަތަ ނުކުމެވަޑައި ނުގެން އެހެން ޕާޓީއަކާ އެކު ކޯލިޝަން ހައްދަވަން އެދިވަޑައިގަންނަވާ ނަމަ އެގޮތަށް އަމަލުކުރެއްވުމުގެ ބާރު ޖޭޕީ ކައުންސިލުން އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ދީފި އެވެ.
ޖުމްހޫރީ ޕާޓީން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓަކު ނެރެން ގޮވާލައި ގަރާރެއް އެޕާޓީގެ ގައުމީ ކޮންފަރެންސުން ފާސްކުރި އެވެ. އެގަރާރަށް ބާރުދީ ޖޭޕީގެ ކައުންސިލަށް، އެކައުންސިލްގެ މެމްބަރު އަހުމަދު ނާޒިލު ހުށަހެޅުއްވި ގަރާރެއްގައި ހުށަހެޅުއްވީ ރިޔާސީ އިންތިހާބަށް ޖޭޕީގެ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުނަންނަވައި ކޯލިޝަނެއް ހައްދަވާ ނަމަ އެކަމުގެ މަޝްވަރާތައް ކުރިއަށް ގެންދިއުމުގެ ބާރު ގާސިމަށް ދޭށެވެ. ޖޭޕީ ކައުންސިލުން ފާސްކުރި އެ ގަރާރުގައިވާ ގޮތުން ރިޔާސީ އިންތިހާބަށް ކެންޑިޑޭޓެއްގެ ގޮތުގައި ނުކުމެވަޑައި ނުގަތުމުގެ އިޚުތިޔާރު ވެސް ގާސިމަށް އޮންނާނެ އެވެ.
އަންނަ ސެޕްޓެމްބަރު މަހު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބަށް ނުކުމެވަޑައިގެންނެވުމާއި މެދު ގާސިމް މިަހއިތަނަށް ގޮތެއް ނިންމަވާފައި ނުވާ އިރު މިހާރު ވެސް އޮތް ކޯލިޝަނުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ އެކު ކުރިއަށްދާން، ރައީސް ވަނީ ޖޭޕީއަށް ދައުވަތު ދެއްވައިފަ އެވެ. އެކަމާ މަޝްވަރާކުރައްވަން ރައީސްގެ މަންދޫބުން ކުރިން ވަނީ ގާސިމާ ބައްދަލުވެސް ކުރައްވައިފަ އެވެ.
ގާސިމް ދާދި ފަހުން ރައީސް އޮޕީހަށް ވަޑައިގެން ރައީސް ސޯލިހާ ބައްދަލު ކުރެއްވި ނަމަވެސް އެ ބައްދަލުވުމާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވި އިރު ވިދާޅުވީ ކޯލިޝަނާ ބެހޭ ގޮތުން އެ ދުވަހު މަޝްވަރާ ނުކުރައްވާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
