މާލެ: 31°C

ރިޔާސީ އިންތިހާބަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ފަށައިފި

ރިޔާސީ އިންތިހާބަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ފަށައިފި
March 19, 2023
2 ފަހަރު ބަލާފައި
ރިޔާސީ އިންތިހާބަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ފަށައިފި
ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން، އެ އިންތިހާބަށް ލަފާ ދޭ ކޮމިޓީގެ ބައްދަލުވުންތައް މިއަދު ފަށައިފި އެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) ގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުން ފަށްޓަވައި ދެއްވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވި ގޮތުގައި ރިޔާސީ އިންތިހާބަށް ލަފާދޭ ކޮމިޓީ އަކީ 2008 ވަނަ އަހަރުގެ ރިޔާސީން އިންތިހާބުން ފެށިގެން ކޮންމެ ރިޔާސީ އިންތިހާބަކަށް އެކުލަވައިލާ ކޮމިޓީއެއް ކަމަށެވެ. އެ ކޮމިޓީގައި ތިއްބަވަނީ އީސީގެ މެމްބަރުންނާއި ސިޔާސީ ޕާޓީތަކުގެ މަންދޫބުންނާއި ބައެއް އަމިއްލަ ޖަމިއްޔާތަކުގެ މަންދޫބުންނެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވީ މީގެ ކުރިން ބޭއްވި ރިޔާސީ އިންތިހާބުތަކަށް އެކުލަވައިލި ލަފާދޭ ކޮމިޓީތަކަށް ވުރެ މިފަހަރު އެކުލަވައިިލި ކޮމިޓީ ތަންކޮޅެއް ކުޑަ ކަމަށެވެ. "މިފަހަރުގެ މި ކޮމިޓީ ތަންކޮޅެއް، ކުރީ ފަހަރުތަކަށް ވުރެ ކުޑަކޮށްފައި އޮންނާނީ. އެއީ ސަރުކާރުގެ ބައެެއް މުއައްސަސާތައް މަދުކޮށްފައި އޮންނާނީ،" ހަބީބު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮމިޓީ ކުޑަކުރީ އެ ކޮމިޓީއަށް އެއްވެސް ބައެއްގެ ނުފޫޒެއް ނުވަންނަނަ ގޮތަށް މިނިވަންކަމާ އެކު ލަފާ ހޯދަން ވިސްނައިގެން ކަމަށެވެ. ރިޔާސީ އިންތިހާބަށް ލަފާދޭ ކޮމިޓީގެ ބައްދަލުވުންތައް ބާއްވާނެ ގޮތުގެ ތާވަލެއް އެކުލަވައިލާނީ ހަބީބު ވިދާޅުވި ގޮތުގައި އެކޮމިޓީން ބާއްވާ ދެވަނަ ބައްދަލުވުމުގަ އެވެ. އެކަން އިންތިޒާމްކުރާނީ ކޮމިޓީގެ މެމްބަރުން ދެއްވާ ލަފާގެ މަތިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުލުން އޮންނާނީ އަންނަ ސެޕްޓެމްބަރުމަހުގެ ނުވަ ވަނަ ދުވަހު އެވެ. ދެވަނަ ބުރެއް ބާއްވަން ޖެހިއްޖެ ނަމަ ދެވަނަ ބުރުގެ ވޯޓުލުން އޮންނާނީ ސެޕްޓެމްބަރު 30 ވަނަ ދުވަހު އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ