މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގެ މަސައްކަތް ކުރާ މައި މަރުކަޒެއްގެ ގޮތުގައި ދަރުބާރުގެ ހަމަޖައްސައިފި އެވެ.
އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވިޓްވީޓެއްގައި ވިދާޅުވީ، ރިޔާސީ އިންތިހާބު 2023 ގެ އިންތިހާބީ މައިމަރުކަޒު ގެ ގޮތުގައި ބޭނުންކުރުމަށް، ދަރުބާރުގެ އީސީ އަށް ދޫކުރާގޮތަށް ޕްލޭނިން މިނިސްޓްރީ އިން ހަމަޖައްސައިފިކަމުގައެވެ.
[embed]https://twitter.com/IsmailHabeeb/status/1630898489650495489[/embed] އިލެކްޝަންސް ކޮމިޝަނުން ބުނެފައި ވަނީ އަންނަމަހު 25 ވަނަ ދުވަހު އިންތިހާބާ ގުޅޭ މަސައްކަތްތައް ދަރުބާރުގޭގައި ފެށުމަށްވެސް ކޮމިޝަނުން މިހާރު ނިންމާފައިވާ ކަމަށެވެ. މިހާރު ކުރަނީ މަރާމާތެއް ހުރިތޯ ބެލުމުގެ މަސައްކަތް ކަމުގައި ވެސް އެ ކޮމިޝަނުން ބުންޏެވެ. ރިޔާސީ އިންތިހާބު މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފަ އެވެ.






