މާލެ: 31°C

ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރަން މަޝްވަރާ ކުރަން އަދާލަތުން ނިންމައިފި

February 21, 2023
2 ފަހަރު ބަލާފައި
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރަން މަޝްވަރާ ކުރަން އަދާލަތުން ނިންމައިފި
ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދުކުރަން މަޝްވަރާ ކުރަން އަދާލަތުން ނިންމައިފި
އަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބުގައި މިހާރުގެ ރައީސް އަދި އެމްޑީޕީގެ ކެންޑިޑޭޓު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރަން މަޝްވަރާ ކުރާ ގޮތަށް އަދާލަތު ޕާޓީން ނިންމައިފި އެވެ.

ކޯޅިޝަން ހެދުމަށް ދައުވަތު ދެެއްވައި ރައީސް ސޯލިހު ފޮނުއްވި ސިޓީ އަށް މަޝްވަރާކުރުމަށްފަހު، މި ސަރުކާރު ކޯލިޝަންގައި ވެސް ހިމެނޭ އަދާލަތުން ނެރުނު ބަޔާނުގައި ބުނީ ރައީސަށް ދެ ވަނަ ދައުރެއް ދިނުމަށް ތާއިދުކުރަން ނިންމީ މިހާރު ހިނގަމުން އަންނަ ވެރިކަމާއި ކުރީ ރިޔާސީ ދައުރުތަކާ އަޅާބަލާއިރު، މި ސަރުކާރުގައި ކުރެވުނު ފަހި ތަޖުރިބާއަށް ރިއާޔަތްކުރުމަށް ފަހު ކަމަށެވެ.

"އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަށް އަދާލަތު ޕާޓީގެ ތާއީދު ދިނުމުގެ ކުރިން އެ ޕާޓީއާއެކު މަޝްވަރާކުރުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ މިރޭ ބޭއްވުނު ކުއްލި ބައްދަލުވުމުން ވަނީ ނިންމައިފަ އެވެ." އެ ޕާޓީން ނެރުނު ބަޔާނުގައި ބުންޏެވެ.

https://twitter.com/adhaalathoffice/status/1627735653856473088?s=48&t=BWFT9Zl2-qJhmgxt67JzFw

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ