ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ، ޗާގޯސް މައްސަލަ އިސްތިއުނާފު ކުރާނަން: ޖޭޕީ

ރިޔާސީ އިންތިހާބު ކާމިޔާބު ވެއްޖެނަމަ، ޗާގޯސް މައްސަލަ އިސްތިއުނާފު ކުރާނަން: ޖޭޕީ
ލިޔުން:
މިއަހަރު ސެޕްޓެމްބަރުގައި ބާއްވާ ރިޔާސީ އިންތިހާބު ޖުމްހޫރީ ޕާޓީ( ޖޭޕީ) އަށް ކާމިޔާބު ވެއްޖެ ނަމަ، ޗާގޯސް މައްސަލަ ދިރާސާ ކޮށް، އިސްތިއުނާފް ކުރާނެ ކަމަށް އެޕާޓީއިން ބުނެފިއެވެ.
މިއަދު ކުރިއަށްދާ އެޕާޓިގެ ކައުންސިލްގެ ބައްދަލުވުމުގައި، އެޕާޓީގެ ކައުންސިލް މެމްބަރު، އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު، ހުސައިން އަލީ ހުށަހެޅުއްވި ގަރާރެއްގައި ވަނީ، ރާއްޖެއަށް ގެއްލުނު ކަނޑުގެ ބައި އަލުން ހޯދުމަށް އެޕާޓީން މަސައްކަތް ކުރާނެކަމުގައެވެ.
މީގެ އިތުރުން އެގަރާރުގައި ވަނީ، ރައީސް މޮރިޝަސް އަށް ފޮނުއްވެވި ސިޓީ ހާމަކުރުމަށް ވެސް ގޮވާލާފައެެވެ.
"މިމައްސަލާގައި ރާއްޖޭގެ ކަނޑުން ބައެއް ގެއްލި ރާއްޖެއަށް ގެއްލުންވާގޮތަށް އެޓްލޮސް އިން ނިންމި ނިންމުމަކީ މި ޕާޓީން ނުހަނު ކަންބޮޑުވާ މައްސަލައަކަށް ވާ އިރު އަންނަ ރިޔާސީ އިންތިހާބު ކާމިޔާބުވެ، ޖުމްހޫރީ ޕާޓީގެ ވެރިކަމެއް ގާއިމް ވެއްޖެ ނަމަ، ދިވެހި ރާއްޖެއާއި ބައިނަލް އަގުވާމީ ތަޖުރިބާކާރުންނާއި ގާނޫނީ މާހިރުންގެ ޓީމެއްގެ އެހީތެރިކަމާ އެކު، މިމައްސަލަ ދިރާސާކޮށް، އިސްތިއުނާފުކޮށް، ރާއްޖެއަށް ގެއްލުނު ގަނޑުގެ ބައި އަލުން ހޯދުމަށް، މަސައްކަތް ކުރުމަށް އިއްތިފާގުވާ ހާލު، މިމައްސަލާގައި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ، މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުވި ސިޓީފުޅު، އާންމުކުރެއްވުމަކީ، ގައުމީ މަސްލަހަތު އެކަމުގައި ވަރަށް ބޮޑަށް އެކުލެވޭކަމަށް ދެކޭތީ، އެސީޓިފުޅު ހާމަކުރަން ބާރުއެޅުމާ އެކު، ހުކުމް އިސްތިއުނާފް ކުރުމުގެ ފުރުސަތު އޮތްކަމަށް، ރާއްޖޭގެ ބައެއް ގާނޫނީ ބޭފުޅުން ވިދާޅުވަމުން ގެންދަވާ އިރު، ލަސްނުކޮށް އެހުކުމް އިސްތިއުނާފް ކުރުމަށް ކުރަން ޖެހޭ އެންމެހާ ކަންކަން ކުރުމަށާއި، އަދި ވީހާވެސް އަވަހަށް އެހުކުމް އިސްތިއުނާފް ކުރުމަށް ދިވެހި ސަރުކާރަށް އިލްތިމާސްކޮށް މިގަރާރު ހުށަހަޅަމެވެ." އެ ގަރާރުގައި ވެއެވެ.
މިއަދު ޗާގޯސް މައްސަލާގައި މަޝްވަރާކޮށް ގޮތެއް ނިންމުމަށް ޖޭޕީއިން ހާއްސަ ބައްދަލުވުމެއް ބާއްވަމުންދާއިރު، ޗާގޯސް މައްސަލާގައި ސަރުކާރުގެ ނިންމުމާމެދު ނުރުހުން ފާޅުކުރައްވާ އެޕާޓީގެ ލީޑަރު ގާސިމް އިބުރާހީމް ވަނީ ބަޔާނެއް ނެރުއްވާފައެވެ. އަދި އެމައްސަލައިގެ ހުކުމް އިއްވުމުގެ ކުރިން ،މައްސަލަ ބެލި އެޓްލޮސްއަށް އެމަނިކުފާނު ސިޓީފުޅެއް ވެސް ފޮނުއްވިއެވެ. ގާސިމް ވިދާޅުވީ، ރާއްޖޭގެ ސަރަހައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް ތާއީދެއް ނުކުރައްވާނެކަމަށެވެ.
މިއަހަރުގެ ސެޕްޓެމްބަރު ނުވަ ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ގާސިމް ވަނީ ނިންމަވާފައެވެ. އަދި ޖޭޕީގެ ރިޔާސީ ޓިކެޓް ގާސިމްއާ ހަވާލުކުރުން އަންމަ މަހު ނުވަ ވަަނަދުވަހު ބޭއްވުމަށް ވެސް އެޕާޓީން ވަނީ ނިންމާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމަށް ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ އާދަމް ޝަމީމް އައްޔަނުކޮށްފި

މާލޭގެ ގެއަކުން މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފި

އިންޑިއާއާއި ގުޅުން އިތުރަށް ބަދަހިކޮށް އެ ގުޅުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސް ޑރ މުއިއްޒު ދެއްވައިފި

ރާއްޖޭގެ ޤާނޫނުތަކާއި އުސޫލުތަކުގައި އިސްލާމް ވަންތަކަން ގާއިމްކުރަން މަޖިލީހަށް ހުށަހަޅަނީ

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
