މާލެ: 31°C

ރިޔާސީ އިންތިހާބަށް ފަސްހާހަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ

ރިޔާސީ އިންތިހާބަށް ފަސްހާހަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ
April 30, 2023
2 ފަހަރު ބަލާފައި
ރިޔާސީ އިންތިހާބަށް ފަސްހާހަށް ވުރެ ގިނަ އޮފިޝަލުން ހޯދަނީ

މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް 5،559 މީހުން ހޯދަން އިއުލާންކޮށްފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ކޮށްފައިވާ އިއުލާނެއްގައި ބުނީ، އޮފިޝަލަކަށް ވުމަށް ކުރިމަތިލެވޭނީ އެއްވެސް ސިޔާސީ ޕާޓީއެއްގައި އިސް މަގާމެއް އަދާނުކުރާ 18 އަހަރުން މަތީގެ ދިވެހިންނަށް ކަމަށެވެ.

އެއްވެސް ކެނޑިޑޭޓެއްގެ ކެމްޕޭނުގައި އަމަލީ ގޮތުން ބައިވެރިވާނަމަ އަދި އެއްވެސް ކެނޑިޑޭޓަކާ އާއިލީ ގާތްކަމެއް އޮންނަ ނަމަ އޮފިޝަލަކަށް ނުވެވޭނޭ އެވެ. ރިޔާސީ އިންތިހާބުގައި ވޯޓުލާ ދުވަހު ހަރަކާތްތެރިވާ އޮފިޝަލުންނަށް އެލަވަންސް ދެނީ،  ވޯޓުލާ މަރުކަޒުގެ ވެރިޔާއަށް 1،500 ރުފިޔާ، ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔާއަށް 1،200 ރުފިޔާ، ވޯޓުލާ މަރުކަޒުގެ އޮފިޝަލުންނަށް 1،000 ރުފިޔާ އަދި ރިޒާވް އޮފިޝަލުންނަށް 500 ރުފިޔާ ގެ މަގުންނެވެ. އެލަވެންސްގެ އިތުރުން ވޯޓުލާ ދުވަހު އޮފިޝަލުންނަށް ކެއުމުގެ އިންތިޒާމު އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސާނެއެވެ. އަދި ވޯޓުލާ މަރުކަޒާ ހަވާލުވެ ހުންނަ އެންމެ އިސް އޮފިޝަލަށް 100 ރުފިޔާގެ ފޯން އެލަވަންސެއް ވެސް ދޭނެއެވެ. މީގެއިތުރުން އޮފިޝަލުން އިންތިހާބާ ގުޅޭ ތަމްރީން ފުރިހަމަކުރުމުން  300 ރުފިޔާ ދިނުމަށްވެސް ހަމަޖެހިފައިވެ އެވެ.

އިލެކްޝަންސް އޮފިޝަލަކަށް ވުމަށް ޝައުގުވެރިވާ މީހުން އެކަމަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވަނީ މިއަހަރުގެ ޖޫން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ