2025 ވަނަ އަހަރުގެ ރިޔާސީބަޔާން އިއްވާ ޖަލްސާ ފެއްޓެވުމާއެކު އެމްޑީއަށް ނިސްބަތްވާ މެމްބަރުން އިހްތިޖާޖްކުރަން ފެށުމުން ނަން އިއްވައި މަޖިލީހުގެ ތަޅުމުން ނެރެފިއެވެ.
ރައީސް ޑރ.މުއިއްޒު ރިޔާސީ ބަޔާން ފެށުމާއެކު އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުގެ މެމްބަރުން ތެދުވެ ބެނާތައް ހިފައިގެން އަޑުއުފުލަން ފެށުމާއެކު މަޖިލީހުގެ ރިޔާސަތުން ވަނީ އެ މެމްބަރުންގެ ނަން ވަކިވަކިން އިއްވައި މަޖިލީހުން ނެރެފައެވެ.
އެ މެމްބަރުންގެ ނަން އިއްވުމަށްފަހު އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށް މަޖިލީސް ކުޑަ ވަގުތުކޮޅަކަށް ވަނީ މެދުކަނޑާލާފައެވެ. އެގޮތުން މަޖިލީހުގެ ސެކިއުރިޓީ ލައްވައި އެ މެމްބަރުން މަޖިލީހުގެ ތަޅުމުން ނެރުމަށްފަހު މިހާރުވަނީ ޖަލްސާ އަލުން ފަށއި ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން ފަށާފައެވެ.







