
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެމްޑީޕީން އަދި ޑިމޮކްރެޓްސް އިން ބޮއިކޮޓްކުރަން ނިންމައިފި
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެމްޑީޕީން އަދި ޑިމޮކްރެޓްސް އިން ބޮއިކޮޓްކުރަން ނިންމައިފި
ލިޔުން:
މާދަމާ ބޭއްވުމަށް ހަމަޖެހިފައިވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާގައި ބައިވެރިނުވާން އެންމެބޮޑު އިދިކޮޅު ޕާޓީ، އެމްޑީޕީން ނިންމައިފިއެވެ.
މިނިވަންއަށް މައުލޫމާތު ލިބިފައިވާގޮތުގައި މާދަމާ ހެނދުނު ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކުރުމަށް ނިންމާފައިވަނީ މިރޭ ބޭއްވި އެޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމުގެ ތެރެއިންނެވެ.
މާދަމާގެ މި ޖަލްސާއަކީ ރައްޔިތުން މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާއެވެ. މި ޖަލްސާ ފެށުމަށް ހަމަޖެހިފައިވަނީ ހެނދުނު 09:00 ގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާން މާދަމާ އިއްވުމަށް ތައްޔާރުވަމުންދާއިރު، މިއީ ރައްޔިތުންގެ އުއްމީދުތަކާއި ގައުމުގެ ކުރިމަގާ ގުޅިފައިވާ ބަޔާނަކަށް ވެގެންދާނޭކަމަށް ސަރުކާރުން ބުނެއެވެ.
ރިޔާސީ ބަޔާން އިއްވާ ޖަލްސާ އެމްޑީޕީން ބޮއިކޮޓް ކުރުމަށް ނިންމާފައިވާއިރު، ޑިމޮކްރެޓްސް ޕާޓީންވެސް ވަނީ ޖަލްސާގައި ބައިވެރި ނުވާން ނިންމާފައެވެ.
މިކަމާއި ގުޅޭގޮތުން ޑިމޮކްރެޓްސްއިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ މާދަމާ ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ގާނޫނުއަސާސީގެ 129 ވަނަ މާއްދާގެ (ނ) ގެ ދަށުން ރައްޔިތުން މަޖިލީހުގެ ރުހުން ލިބިފައިނުވާ 3 (ތިނެއް) ބޭފުޅަކަށް ވަޒީރުންގެ ހައިސިއްޔަތުން ދައުވަތު ދެއްވާފައިވާކަން އެ ޕާޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
https://twitter.com/TheDemocratsMV/status/1754194833541857303
މަޖިލީޙުން ރުހުން ނުދެއްވި އެ ބޭފުޅުން ވަޒީރުންގެ ހައިސިއްޔަތުން މަޖިލީހުގެ އެ ޖަލްސާއަށް ދައުވަތު ދެއްވުމަކީ ގާނޫނުއަސާސީއާ ހިލާފު އަދި ރައްޔިތުންގެ މަޖިލީހުގެ ބާރާއި ހުރުމަތަށް ގޮންޖެހުމުގެ އަމަލެއްކަމަށް ދެކޭކަމަށްވެސް ޑިމޮކްރެޓްސް ޕާޓީގެ ޕާލިމަންޓްރީ ގްރޫޕުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
