މާލެ: 31°C
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދުނޫން ކަމަށް ނިންމަވައިފި

ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދުނޫން ކަމަށް ނިންމަވައިފި

January 18, 2024
3 ފަހަރު ބަލާފައި
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދުނޫން ކަމަށް ނިންމަވައިފި

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވަވާ ދުވަސް، ފެބްރުއަރީ 5 އެއީ ސަރުކާރު ބަންދު ދުވަހެއް ނޫން ކަމަށް އެ މަނިކުފާނު މިއަދު ކަނޑައަޅުއްވައިފިއެވެ.

އެދުވަހަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފަށަން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވާފައިވާ ދުވަހެވެ.

މަޖިލީހުގެ ދައުރު ފަށާއިރު ގާނޫނުގައިވާ ގޮތުގެމަތިން، ރައީސުލް ޖުމްހޫރިއްޔާގެ ރިޔާސީ ބަޔާން އިއްވަވާނެއެވެ.

ކުރިން އޮންނަ ގޮތުން ރިޔާސީ ބަޔާން އިއްވަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެކެވެ.

އަންނަ މަހު 5 ގައި މަޖިލީހުގެ އާ ދައުރު ފެށޭ އިރު، ޖެހިގެން އަންނަ މާޗް 17 ގައި މަޖިލީހުގެ އިންތިހާބު އޮންނާނެ އެވެ. މިހާރު މަޖިލީހުގައި ނުނިންމާ ހުރި މުހިންމު ކަންތައްތަކުގެ ތެރޭގައި ރައީސް ޑރ.މުއިއްޒުގެ ކެބިނެޓަށް ރުހުންދިނުން ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ