މާލެ: 31°C

ރިޔާސީ ބަޔާން: ގެދޮރުވެރިޔާ ފްލެޓް ލިސްޓް މިމަމަހު އާއްމުކުރާނެ

February 6, 2025
331 ފަހަރު ބަލާފައި
ރިޔާސީ ބަޔާން: ގެދޮރުވެރިޔާ ފްލެޓް ލިސްޓް މިމަމަހު އާއްމުކުރާނެ
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފަހިދިރިއުޅުން ކޯޕަރޭޝަނުން އިމރާތްކުރަމުންދާ 4000 ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މިމަހު އާއްމުކުރާނެކަމަށް 2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ  ގެދޮރުވެރިޔާ ސްކީމުން ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓާ މެދު އެންޓި ކޮރަޕްޝަން ކޮމިޝަނުން  އަންގާފައިވާ އެންގުންތަކާ އެކު، އެ ލިސްޓުގެ ސައްހަކަން ބެލުމަކީ މި ސަރުކާރުން ކުރައްވަމުންގެންދަވާ ވަރަށް ހައްސާސް މައްސަލައެއް ކަމަށާއި، އެގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު މިމަސް ނިމުމުގެ ކުރިން ލިސްޓް އިޢުލާނުކޮށް ފްލެޓްތައް ނިމެމުންދާ ނިސްބަތުން ފްލެޓް ލިބޭ ފަރާތްތަކާ ފްލެޓް ހަވާލު ކުރަމުގެ މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

އެގޮތުން މި އަހަރުގެ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ހުރިހާ ފްލެޓެއް އޭގެ ޙައްޤުވެރި ފަރާތްތަކާ ހަވާލުކޮށް ނިމޭނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މާތްالله ގެ އިރާދަފުޅާއެކު ލިސްޓުގެ ސައްހަކަން ބެލުމަށް ކުރެވެމުންދާ މަސައްކަތް ނިމި މި ފެބްރުއަރީ މަސް ނިމުމުގެ ކުރިން ލިސްޓު އިޢުލާނު ކުރެވޭނެ." ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.

މިދިޔަ ސަރުކާރުގެ "ގެދޮރުވެރިޔާ" ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް އެއްމެ މަތިން ޕޮއިންޓް ލިބިފައިވާ ތަރުތީބުން ފްލެޓު ދިނުމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ