މާލެ: 31°C

ރިޔާސީބަޔާން 2025: މިއަހަރު އޮކްޓޯބަރުގެ ކުރިން ވެލާނާ އެއާޕޯޓްގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށޭނެ

February 6, 2025
260 ފަހަރު ބަލާފައި
ރިޔާސީބަޔާން 2025: މިއަހަރު އޮކްޓޯބަރުގެ ކުރިން ވެލާނާ އެއާޕޯޓްގެ އައު ޓާމިނަލުން ޚިދުމަތް ދޭން ފެށޭނެ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ނިންމައި މި އަހަރު އޮކްޓޫބަރުގެ ކުރިން ޚިދުމަތްދޭން ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ނިންމައި މި އަހަރު އޮކްޓޫބަރުގެ ކުރިން ޚިދުމަތްދޭން ފައްޓަވާނެކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ މަޝްރޫއަކީ ވަރަށް އަވަހަށް ނިންމަން ޖެހޭ މަޝްރޫއެއް ކަމަށާއި އެކަމަށް މިހާރު ބޮޑު އިސްކަމެއް ދެވިގެން މަސައްކަތްތައް ކުރެވެމުން އަންނަ ކަމަށެވެ. އެގޮތުން މިއަހަރުގެ އޮކްޓޯބަރުގެ ކުރިން އެތަނުގެ މަސައްކަތް ނިންމައި ޚިދުމަތް ދޭން ފައްޓަވާނެ ކަމަށެވެ.

ވީއައިއޭ ތަރައްގީގެ މަޝްރޫއުގައި ހިމެނޭ އާ ޓާމިނަލް އަވަހަށް ނިންމައި، ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުން އަންނަ އިރު، މަޝްރޫއު އަވަސްކުރަން އަބޫދާބީ ފަންޑުން ކުރިން ވެސް 50 މިލިއަން ޑޮލަރު (771 މިލިއަން ރުފިޔާ) އަދި ސައުދީ ފަންޑުން 180 މިލިއަން ޑޮލަރު (2.8 ބިލިއަން ރުފިޔާ) ނަގާފައިވެ އެވެ.

އަދި އޭގެ އިތުރުން ވީއައިއޭގެ ޓާމިނަލް ނިންމަން ބޭނުންވާ އިތުރު 40 މިލިއަން ޑޮލަރުގެ (616 މިލިއަން ރުފިޔާ) އަބޫދާބީ ފަންޑް ފޮ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) އިން ދޭން ނިންނައި މިދިޔަ ޑިސެންބަރު މަހު ރާއްޖެއިން އެއްބަސްވުމުގައި ސޮއި ވެސްކޮށްފައިވެ އެވެ. އެހެންކަމުން އެ ޓާމިލް ނިންމަން ނަގާފައިވާ ލޯނުގެ އަދަދު މިހާރު ވަނީ 270 މިލިއަން ޑޮލަރު (4 ބިލިއަން ރުފިޔާ) އަށް އަރާފައެވެ.

ވީއައިއޭގެ އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ