މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ލުއި ލޯނާއި އެސްޓީއޯ ކްރެޑިޓް ސްކީމުން ތަކެތި ނެގޭނެގޮތް މި އަހަރުގެ ތެރޭގައި ހަމަޖެހިގެންދާނެކަމަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވި ޖަލްސާގައި އިއްވެވި ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުއިއްޒު ވިދާޅުވީ މަސްވެރިންގެ ދަފުތަރުގައި ރާއްޖޭގައި މަސްވެރިކަމުގައި ހަރަކާތްތެރިވާ ދޯނިތަކުގެ 95 ޕަސެންޓް މިހާރު ރަޖިސްޓަރީވެފައި ކަމަށާއި، އެ ދަފުތަރުގައި ރަޖިސްޓަރީވާ މަސްވެރިންނަށް ބޭންކިން ނިޒާމުގެ ތެރެއިން ލުއި ލޯނު ހޯދުމުގެ ފުރުސަތާއި އެސްޓީއޯ ކްރެޑިޓް ފެސިލިޓީ ފަދަ ކަންކަމަށް އެޕްލައިކުރުމުގެ ފުރުސަތު މި އަހަރު ނިމުމުގެ ކުރިން ފަހިކޮށްދެއްވާނެ ކަމަށެވެ.
ރައީސް ޑރ.މުއިއްޒު އިތުރަށް ވިދާޅުވީ އެމަނިކްފާނުގެ އަމާޒަކީ ގައުމީ އެ ފަދަ ކޮންމެ ދާއިރާއެއްގެ ވެސް ހިދުމަތްތެރިންވެސް، ދައުލަތުން ޝަރަފުވެރިކަމާ އެކު ބަލައިގަނެ ދައުލަތާ ސަރުކާރުން ފަހިކޮށްދޭ ފުރުސަތުތަށްވެސް އެ ފަރާތްތަކަށް ލިބިދޭނެ ގޮތަށް ކަންކަން އިންތިޒާމުވެގެން ދިއުމަށް ކަމަށެވެ. އެހެންކަމުން އެކި އެކި ސިނާއަތް ތަކުގައި މަސައްކަތް ކުރާ ފަރާތްތައް ދަފްތަރު ކުރުމުގެ މަސައްކަތް ސަރުކާރުން މިހާރު ފަށާފައިވާ ކަމަށެވެ.







