ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމުގެ ވައުދުގެ ތެރޭގައި ހިމެނިގެން ހިޔާވަހި ފައިނޭންސިން ހައުސިން ލޯން އަންނަ ޖުލައި މަހުން ފެށިގެން ދޫކުރަން ފަށާނެ ކަމަށް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ މި އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ 1.5 ބިލިއަން ރުފިޔާގެ ލޯނު ސްކީމުން މި އަހަރުގެ ޖުލައި މަހުން ފެށިގެން ލޯނު ދޫކުރަން ފަށާނެ ކަމަށާއި، ލޯނަށް އެދި ހުށަހެޅުމުގެ ފުރުސަތު "ހިޔާވަހި ޕޯޓަލް" މެދުވެރިކޮށް މިހާރު ހުޅުވާލާފައިވާ ކަމަށެވެ.
މާތްﷲގެ ވާގިފުޅާ އެކު މި އަހަރު ނިމިގެންދާއިރު އެއް ބިލިއަން ރުފިޔާގެ ލޯނުގެ މަދަދު ނުވަތަ އެހީތެރިކަން، ދިރިއުޅުން ބިނާކުރުމަށްޓަކައި، އާންމު ދިވެހި ލޮބުވެތި ރައްޔިތުންނަށް މި ސަރުކާރުން ފޯރުކޮށްދޭނަން،" ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.
އަދި
މިއީ މުޅި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް އެ ރައްޔިތެއްގެ ފުރަތަމަ ގެއަށް ހަރަދުކުރުމަށް ހުޅުވާލެނޭ ވަރަށް ބޮޑު ފުރުސަތެއް." ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.
ހިޔާވަހި ފައިނޭންސިންގ ސްކީމް އިއުލާނުކޮސްފައިވަނީ 3 ކެޓަގަރީއަކަށް ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް ބަހާލައިގެން ލޯނު ދޫކުރާ އަދަދު ކަނޑައަޅައިގެންނެވެ. އެގޮތުން މާލެ ސަރަޚައްދުގައި ނަމަ ނަމަ 6 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ނެގޭނެ (ބެހެނިވެރިން އެކުވެގެން ނަމަ 10 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ) އާބަން ސެންޓަރ ތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ރަށްތަކުން ހުށަހަޅާ ފަރާތްތަކަށް 3 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެ އަދި އެހެނިހެން ރަށްރަށުން ލޯނަށް އެދޭ ފަރާތްތަކަށް 1 މިލިއަން ރުފިޔާއާ ހަމައަށް ލޯނު ދޫކުރާނެއެވެ.







