މާލެ: 31°C

ރިޔާސީބަޔާން 2025: އަންނަ އަހަރުން ފެށިގެން ބޭރަށް ފުރާ ދިވެހިންނަށް 1000 ޑޮލަރު ލިބޭނެ

February 6, 2025
160 ފަހަރު ބަލާފައި
ރިޔާސީބަޔާން 2025: އަންނަ އަހަރުން ފެށިގެން ބޭރަށް ފުރާ ދިވެހިންނަށް 1000 ޑޮލަރު ލިބޭނެ
އަންނަ އަހަރުން ފެށިގެން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރާ 500 ޑޮލަރު ގެ ބަދަލުގައި 1،000 ޑޮލަރު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރުން ފެށިގެން ރާއްޖެ އިން ބޭރަށް ފުރާ ކޮންމެ ދިވެއްސަކަށް މިހާރު ދޫކުރާ 500 ޑޮލަރު ގެ ބަދަލުގައި 1،000 ޑޮލަރު ލިބޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

2025 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައިދެއްވުމަށް މިއަދު ރައީސުލްޖުމްހޫރިއްޔާ އިއްވެވި ރިޔާސީ ބަޔާނުގައި ވިދާޅުވީ ރުފިޔާގެ އަގު ހިފަހައްޓައި ބޭރު ފައިސާގެ ބާޒާރަށް ދިމާވެފައިވާ މައްސަލަތައް ހައްލު ކުރަން ހާއްސަ އިސްކަމެއް ސަރުކާރުން ދެއްވާ ކަމަށާއި އެކަން ހައްލު ކުރުމުގެ ގޮތުން ބޭރު ފައިސާއާ ބެހޭ ގާނޫނެއް އެކުލަވައިލާ ތަންފީޒުކޮށްފައިވާ ކަމަށާއި އެކަމުގެ ހެޔޮ ބަދަލު ވަރަށް އަވަހަށް ރިޒާވުން ފެންނާނެ ކަމަށް ވިދާޅުވި އެވެ.

2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވިގެންދާނެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު، 2026ގެ ފުރަތަމަ ކުއާޓަރގައި ދެގުނަކޮށް، އެ އަދަދު 1000 ޑޮލަރަށް އިތުރުކުރެވޭނެ،" ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ. 

އެގޮތުން 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިން މުދާ އިމްޕޯޓްކުރުމުގެ ގޮތުން، ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރު ކުރެވިގެންދާނެ ކަމަށާއި، އަދި ރާއްޖެއިން ބޭރަށް ފުރާ ދިވެހިންނަށް ލިބޭ 500 ޑޮލަރުގެ ބަދަލުގައި  2026 ވަނަ އަހަރުން ފެށިގެން 1000 ޑޮލަރަށް އިތުރުކުރެވިގެން ދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ