މާލެ: 31°C
ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅައިފި، އެންމެ ކުރީގައި ސިޔާމް

ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅައިފި، އެންމެ ކުރީގައި ސިޔާމް

June 4, 2024
3 ފަހަރު ބަލާފައި
ރިޔާސަތު ބަލަހައްޓާނެ މެންބަރުން ކަނޑައަޅައިފި، އެންމެ ކުރީގައި ސިޔާމް
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި ނައިބު ރައީސަށް މަޖިލީހުގެ ރިޔާސަތު ނުބެލެހެއްޓޭ ހާލަތުގައި ރިޔާސަތު ބަލަހައްޓަވާނެ މެންބަރުން ކަނޑައަޅާއި ތަރުތީބުކޮށްފިއެވެ. ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވަމުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުالله ވިދާޅުވީ, މަޖިލިސް ގަވައިދުގައިވާ ގޮތުގެ މަތީން މެންބަރުންގެ ނަންތައް ތަރުތީބުކޮށްފައިވާނީ މަޖިލީހުގައި މެދުނުކެނޑި ހޭދަކޮށްފައިވާ މުއްދަތާއި މެންބަރުންގެ އުމުރަށް ބެލުމަށް ފަހުގައި ކަމަށެވެ. އަބްދުއްރަހީމް އިއުލާނު ކުރެއްވި ލިސްޓުގެ އެންމެ ކުރީގައި ހިމެނިވަޑައިގަންނަވަނީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދެވެ. ސިޔާމް ވަނީ މަޖިލީހުގައި މެދުނުކެނޑި 19 އަހަރަށް ވުރެ ގިނަ ދުވަސް ހިދުމަތް ކުރައްވައިފައެވެ. ދެ ވަނަ އަށް ލިސްޓުގައި ހިމެނިވަޑައިގަންނަވަނީ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމެވެ. ގާސިމް 15 އަހަރު ހިދުމަތް ކުރައްވާފައިވާއިރު, ލިސްޓުގެ ތިން ވަނައިގައި ހިމެނިވަޑައިގެންނެވި އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމާއި ހަތަރު ވަނައިގައި ހިމެނިވަޑައިގެންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވެސް ވަނީ 15 އަހަރު ހިދުމަތް ކުރައްވައިފަ އެވެ. މި މެންބަރުންނަކީ 19 ވަނަ ދައުރުގެ ރިޔާސަތު ބަލަހައްޓަވާ ލިސްޓުގައި ހިމެނިވަޑައިގެންނެވި މެންބަރުންނެވެ. މި ލިސްޓުގައި އަލަށް ހިމެނިވަޑައިގަންނަވަނީ ފަސް ވަނައިގައި ހިމެނިވަޑައިގެންނެވި މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. އޭނާ ވަނީ 10 އަހަރު މަޖިލީހުގައި ހިދުމަތް ކުރައްވައިފައެވެ. މަޖިލީހުގެ ގަވައިދުގެ 44 ވަނަ މާއްދާގައި ބުނާ ގޮތުން މަޖިލީހުގެ ރައީސާއި ނައިބު ރައީސް މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓުމަށް އުޒުރުވެރިވާ ހާލަތެއްގައި، ރިޔާސަތު ބަލަހައްޓާނެ މެމްބަރަކު ކަނޑައަޅާނީ މަޖިލީހުގައި މެދުނުކެނޑި އެންމެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މެމްބަރުންގެ ތެރެއިން ޖުމްލަ ފަސް މެމްބަރުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ