މާލެ: 31°C

ސައުދީން އާ ގައުމީ އެއާލައިނެއް އުފައްދަނީ

ސައުދީން އާ ގައުމީ އެއާލައިނެއް އުފައްދަނީ
March 13, 2023
2 ފަހަރު ބަލާފައި
ސައުދީން އާ ގައުމީ އެއާލައިނެއް އުފައްދަނީ
ޕަބްލިކް އިންވެސްޓްމަންޓް ފަންޑް (ޕީއައިއެފް) އަށް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި "ރިޔާދް އެއާ" ނަމުގައި އާ އެއާލައިނެއް އުފައްދަން ސައުދީ ސަރުކާރުން ނިންމައިފި އެވެ. އާ އެލާއިން އުފައްދާ ކަން  މިދިޔަ އާދީއްތަ ދުވަހު އިއުލާނު ކުރެއްވީ ވަލީއަހުދު މުހައްމަދު ބިން ސަލްމާނެވެ. ސައުދީ ސަރުކާރުން ބުނި ގޮތުގައި އެ އެއާލައިންގެ ސަބަބުން އޭޝިއާ، އެފްރިކާ އަދި ޔޫރަޕްގެ ތިން ބައްރުގެ ގައުމުތަކާއި ސައުދީ އަރަބިއްޔާ އަށް އޮތް ގުޅުން އިތުރަށް ބަދަހިވާނެ އެވެ. އަދި ރިޔާދް އެއާރ އަކީ ދުނިޔޭގެ އެންމެ ބޮޑަށް ތަރައްގީ ވެފައިވާ އެއާލައިން ތަކާއި އެއްހަމައެއްގައި ވާދަ ކުރާވަރުގެ އެއާލައިނަކަށް ވެގެންދާނެއެވެ. ރިޔާދު އެއާރގެ ޗެއާމަންކަން ކުރައްވާނީ ޕީއައިއެފްގެ ގަވަރުނަރު ޔާސިރު އަލް ރުމަޔާން އެވެ. އަދި އޭވިއޭޝަން ޓްރާންސްޕޯޓޭޝަން އަދި ލޮޖިސްޓިކްސް އިންޑަސްޓްރީގެ 40 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ޓޯނީ ޑަގްލަސް އަކީ އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ. އެ އެއާލައިންގެ ސީނިއާ މެނޭޖްމަންޓްގެ ތެރޭގައި ސައުދީ އަދި ބައިނަލްއަގްވާމީ ތަޖުރިބާކާރުން ހިމެނެއެވެ. ރިޔާދުން އޮޕަރޭޓްކުރާ މި އެއާލައިނަކީ ދުނިޔޭގެ ފެންވަރުގައި ޓްރެވަލް އަދި އޭވިއޭޝަން އިންޑަސްޓްރީއަށް އާ ޒަމާނެއް ފަށާނެ އެއާލައިނެކެވެ. އެންމެ ފަހުގެ ޓެކްނޮލޮޖީ އާއިއެކު އުފައްދާފައިވާ ޒަމާނީ މަތިންދާބޯޓުތަކުގެ މުޅި ފްލީޓުގައި ދުނިޔޭގެ އެންމެ ރަނގަޅަށް ދެމެހެއްޓެނިވި އަދި ރައްކާތެރިކަމުގެ މިންގަނޑުތައް ގެންގުޅޭނެ ކަމަށް ބުނެއެވެ. އެ އެއާލައިންގެ އުންމީދަކީ 20 ބިލިއަން ޑޮލަރު ތެޔޮ ނުހުންނަ ޖީޑީޕީ އެއް އިތުރުކޮށް، ސީދާ އަދި ނުސީދާ ގޮތެއްގައި 200،000 އަށް ވުރެ ގިނަ ވަޒީފާ ގެ ފުރުސަތު ހޯދައި ދިނުމެވެ. ޕީއައިއެފް އަށް މުޅިން ހިއްސާވާ އެ އެއާލައިންގެ މަގްސަދަކީ ޕީއައިއެފްގެ އިންވެސްޓްމަންޓް ތަޖުރިބާއާއި މާލީ ގާބިލްކަމުގެ ފައިދާ އާއިއެކު ކުންފުނީގެ އޮޕަރޭޝަންތައް ފުޅާކޮށް ގައުމީ ފެންވަރުގައި އެތަން ތަރައްގީ ކުރުމެވެ. އާ ގައުމީ އެއާލައިނަކީ ދާދި ފަހުން އިއުލާންކުރި ކިންގް ސަލްމާން އިންޓަނޭޝަނަލް އެއާޕޯޓްގެ މާސްޓަޕްލޭން އާއި އެކު މި ދާއިރާއަށް ޕީއައިއެފް އިން އެންމެ ފަހުން ކުރި އިންވެސްޓްމަންޓް ތަމްސީލުކުރާ އެއާލައިނެކެވެ. އެހެންކަމުން ރިޔާދް އެއާރގެ އަމާޒަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ދުނިޔޭގެ 100 އަށް ވުރެ ގިނަ މަންޒިލަކަށް ކަސްޓަމަރުންގެ ދަތުރު އިތުރަށް ފުރިހަމަ ކުރުމެވެ. އަދި ހިތުގެ އަޑިން ސައުދީ މެހެމާންދާރީއެއް ހިމެނޭ ގޮތަށް ޚާއްސަ ތަޖުރިބާއެއް ކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބުމެވެ. އެ އެއާލައިނުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފަތުރުވެރިންނަށް ސައުދީ އަރަބިއްޔާގެ ސަގާފީ އަދި ގުދުރަތީ ތަންތަނަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. ރިޔާދް އެއާރގެ ހިދުމަތްތަކުގެ ތެރޭގައި ވައިގެ ދަތުރުފަތުރުގެ ފުރުސަތުތައް އިތުރުކުރުމާއި ކާގޯ ކެޕޭސިޓީ އިތުރުކުރުމާއި ބައިނަލްއަގްވާމީ ފަސިންޖަރުންގެ ޓްރެފިކް އިތުރުކުރުމާއި ސައުދީ ނޭޝަނަލް ޓްރާންސްޕޯޓް އެންޑް ލޮޖިސްޓިކްސް ސްޓްރެޓެޖީ އާއި ނޭޝަނަލް ޓޫރިޒަމް ސްޓްރެޓެޖީގެ ކެޓަލައިސްޓެއްގެ ހިދުމަތްތައް ހިމެނެއެވެ. ރިޔާދް އެއާރ އުފެއްދުމަކީ ލޯކަލް އިގްތިސާދުގެ ތަފާތުކުރުންތައް ކުރިއަށް ގެންދިއުމަށް އެހީތެރިވެދޭނެ އުއްމީދީ ދާއިރާތަކުގެ ގާބިލްކަން ހުޅުވާލުމަށް ޕީއައިއެފްގެ ސްޓްރެޓެޖީގެ ބައެކެވެ. އެއީ ސައުދީ އަރަބިއްޔާގައި މާލީ ގޮތުން ވަރުގަދަ އޭވިއޭޝަން އިކޯސިސްޓަމެއް ގާއިމްކުރުމާއި ވިޝަން 2030 އާ އެއްގޮތަށް ސިނާއަތުގެ ދުނިޔޭގެ ވާދަވެރިކަމަށް އެހީތެރިވެދިނުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ