
ރިޝްވަތު ހިފުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ކަނޑައަޅައިފި
ރިޝްވަތު ހިފުގެ ކުށް ރައީސް ޔާމީންގެ މައްޗަށް ސާބިތު ނުވާ ކަމަށް ހައިކޯޓުން ކަނޑައަޅައިފި
ލިޔުން:
ކްރިމިނަލް ކޯޓުން ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ މައްޗަށްކޮށްފައިވާ ރިޝްވަތު ހިފުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅި ހުކުމް ދިވެހި ރާއްޖޭގެ ހައިކޯޓުން ބާތިލް ކުރުމުން، އެމަނިކުފާނު ދާދި ދެންމެއަކު ރިޝްވަތު ހިފުމުގެ ކުށުން ސަލާމަތްވެއްޖެއެވެ.
އެއީ އެމަނިކުފާނު ހައިކޯޓަށް ހުށަހެޅި އިސްތިޢުނާފީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން ކުރި ހުކުމުގެ ސަބަބުންނެވެ.
ކްރިމިނަލް ކޯޓުން ރައީސް ޔާމީންއަށް ހުކުމް ކޮށްފައި ވަނީ ޔޫސުފް ނަޢީމު ކިޔާ މީހެއްގެ އަތުން ރިޝްވަތުގެ ފައިސާ ނައިގެން ރިސޯޓެއް ތަރައްގީ ކުރުމަށް އުސޫލުތަކާ ޚިލާފަށް ޔޫސުފް ޔައީމަށް ރަށެއް ދީފައިވާތީއެވެ.
ހައިކޯޓުން މިއަދު ނިންމާފައިވަނީ ކްރިމިނަލް ކޯޓުގެ ނިންމުން ނިންމާފައިވަނީ އިންސާފުވެރި ޝަރީއަތްކުރުމުގެ އުސޫލުތަކާ ޚިލާފަށް ކަމަށް ސާފުކޮށް ފެންނާން އޮތް ކަމަށެވެ.
ރައީސް ޔާމީނަށް ރިޝްވަތު ދިން ކަމަަށް ޔޫސުފް ނައީމުގެ މައްޗަށް ކްރިމިނަލް ކޯޓުން ނިންމާފައިވާ ނިންމުން އަލުން ބަލަން ޖެހޭ ކަމަށް ހައިކޯޓުގެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވަނީ އިއްތިފާގުވެފައެވެ.
ރިޝްވަތު ހިފުމުގެ ކުށުން ރައީސް ޔާމީން މިނިވަންވީ ވ. އާރަށާ ގުޅިގެން ދައުލަތުން ކުރި ދައުވާގައި ކުރިނަލް ކޯޓުން ނިންމާފައިވާ ނިންމުން ހައިކޯޓުން ބާތިލްކުރުމުންނެވެ.
މަނީ ލޯންޑްރިންއާ ބެހޭ ބައިގެ ހުކުމްގެ އަޑު އެހުން އިރުކޮޅެއް ފަހުން ފަށާނެއެވެ. އިސްތިޢުނާފީ ހުކުމްތަކުގެ ރޫހަށް ބަލާއިރު މަނީ ލޯންޑާ ކުރުމުގެ ކުށުން ވެސް އެމަނިކުފާނު ސަލާމަތްވުމުގެ ފަހި ފުރުސަތެއް އެބަ އޮތެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
