މާލެ: 31°C

ރިނބުދޫއިން ފެނުނު ބޮލިވަޅުގައި 84،000 އަށް ވުރެގިނަ ބޮލި

December 8, 2022
2 ފަހަރު ބަލާފައި
ރިނބުދޫއިން ފެނުނު ބޮލިވަޅުގައި 84،000 އަށް ވުރެގިނަ ބޮލި
ރިނބުދޫއިން ފެނުނު ބޮލިވަޅުގައި 84،000 އަށް ވުރެގިނަ ބޮލި
ދ. ރިނބުދޫއިން މިދިޔަ ހޯމަ ދުވަހު ފެނުނު އާސާރި ބޮލިވަޅުގައި ހުރި ބޮލިތައް ނަގައި އެ ގުނަފިއެވެ. ރިނބުދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި އެކައުންސިލުން ބުނީ އެރަށުގައި މިހާރު ކުރިއަށްދާ ފެނާއި ނަރުދަމާގެ މަސައްކަތުގެ ތެރެއިން މަގު ކޮންނަމުން ދަނިކޮށް މިދިޔަ ހޯމަދުވަހު ފެނުނު އާސާރީ ބޮލިވަޅުގައި ހުރި ބޮލިތައް ގުނި އިރު ، ޖުމްލަ 84،919 (އަށްޑިހަ ހަތަރުހާސް ނުވަސަތޭކަ ނަވާރަ) ބޮލި ހުރި ކަމަށެވެ. އެ ބޮލިތަކުން ކުރާނީ ކޮން ބޭނުމެއް ކަމެއް އަދި ނޭނގެ އެވެ. ރިނބުދޫ ސިއްހީ މަރުކަޒުގެ ދެކުނުން އޮންނަ މަގުގައި ނަރުދަމާގެ މަސައްކަތް ކުރުމުގެ ތެރެއިން ފެނުނު މި ބޮލިވަޅަގައި ގާތްގަނޑަކަށް ދެފޫޓު ފުޅާ އަދި ތިން ފޫޓު ފުންވަޅެކެވެ. ތާރީހު ދިރާސާކުރާ ބައެއް ފަރާތްތަކުން ލަފާކުރާ ގޮތުގައި ރިނބިދޫއިން ފެނުނު އާސާރީ ބޮލިވަޅަށް ގާތްގަނޑަކަށް ހަތަރުސަތޭކަ އަހަރު ވެދާނެކަމަށް ލަފާކުރެއެވެ. ބޮއްޔަކީ ރާއްޖޭގެ އިތުރުން މި ސަރަހައްދުގެ އެހެން ބައެއް ގައުމުތަކުގައި ވެސް ކުރިން ފައިސާގެ ގޮތުގައި ބޭނުންކުރި އެއްޗެކެވެ. ރާއްޖޭގެ ފަރުބޮލި (ކައުރީ ޝެލް) އަކީ މެދު ޒަމާނުގައި މުޅި ދުނިޔޭގައި ވެސް ވަރަށް މަޝްހޫރު އެއްޗެކެވެ. އެއީ ގަހަނާ ހެދުމާއި ޒީނަތްތެރި ކުރުމުގެ އެކި ކަންކަމަށް ކުރިން ބޭނުންކުރި އެއްޗެކެވެ. ފައިސާގެ ގޮތުގައި ބޭނުންކުރުން ހުއްޓަައިލި ފަހުން ވެސް ބޮއްޔަކީ އަގުބޮޑު އެއްޗެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ