ރިލުވާންގެ ކަރުބުރިކޮށްލައި ކަނޑުފެއްތީ ގިނަ ބަޔަކު ބައިވެރިވެގެން: ކޮމިޝަން

ރިލުވާންގެ ކަރުބުރިކޮށްލައި ކަނޑުފެއްތީ ގިނަ ބަޔަކު ބައިވެރިވެގެން: ކޮމިޝަން
ލިޔުން:
ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ކިޑްނެޕްކޮށް ދޯންޏަކަށް ލައިގެން ގެންގޮސް ކަރުބުރިކޮށް، މަރާލައި އޭނާގެ ހަށިގަނޑު ކަނޑުފައްތާފައިވާ ކަމަށާއި އެކަމުގައި ގިނަ ބަޔަކު ބައިވެރިވި ކަމަށް މަރުކޮމިޝަނުން މިއަދު ބުނެފި އެވެ.
މީގެ އަށް އަހަރު ކުރިން 2014 ވަނަ އަހަރު ވީނުވީއެއް ނޭނގި ރިލުވާން ގެއްލުނު މައްސަލަ ދެ އަހަރު ދުވަސް ވަންދެން ތަހުގީގުކުރުމަށް ފަހު އެކުލަވައިލި ރިޕޯޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް މިއަދު އެރުވުމަށް ފަހު، ބޭއްވި މީޑިއާ ބްރީފިން ގައި މަރުކޮމިޝަނުގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ރިލްވާން ކިޑްނެޕް ކުރީ ހުޅުމާލޭގައި އޭނާ ދިރިއުޅެމުން އައި ގޭގެ ބޭރުންނެވެ. އެ ތަނުން އޭނާ ކިޑްނެޕްކޮށް، ރަތްކުލައިގެ ކާރަކަށް ލައިގެން ގެންގޮސް ޑިންގީއަކަށް އަރުވައިގެން ގެންދިޔައީ ދޯންޏަކަށެވެ. އެ ދޯނީގައި އޭނާ ގޮވައިގެން ކަނޑަށް ނުކުމެ، އޭނާގެ ކަރު ބުރިކޮށްލީ ޝަހާދަތް ލައިދިނުމަށް ފަހުގައި ކަމަށް ތަހުގީގަށް މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރިލުވާނާ މެދު "ބަޔަކު" އެގޮތަށް ކަންތައް ކުރި އިރު އެ ދޯނީގައި ތިބީ ހަރުކަށި ފިކުރުގެ މީހުންނާއި ކުށްކުރާ ގޭންގްތަކަށް ނިސްބަތްވާ ބައެކެވެ. އޭގެ ތެރެއިން ހަމީހަކު އޭގެ ފަހުން ސީރިއާގެ އަހުލީ ހަނގުރާމައިގައި ބައިވެރިވާން އެގައުމަށް ގޮސްފައިވާ ކަމަށާއި އެމީހުން މަރުވެފައިވާ ކަމަށް މައުލޫމާތު ލިބިފައި ވިޔަސް ރަސްމީކޮށް އެކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށް ވެސް ފަރީޝާ ވިދާޅުވި އެވެ.
"މިއެންމެން ވެސް ސީރިއާގެ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފައިވޭ. އެހެން ނަމަވެސް ހަގީގަތުގައި އެއްވެސް ރަސްމީ އިދާރާއަކުން މިކަން ކަށަވަރުކުރެވޭނެ ގޮތެއް ނެތް އަޅުގަނޑުމެންނަކަށް،" އޭނާ ވިދާޅުވި އެވެ.
އޭގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެން ސީރިއާއަށް ދިޔައީ 2014 ވަނަ އަހަރު ކަމަށާއި އެކަކު ދިޔައީ 2017 ވަނަ އަހަރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަރުކޮމިޝަނުގެ ތަހުގީގުން އެނގުނު ގޮތުގައި ރިލްވާން މަރާލައި އޭނާގެ ހަށިގަނޑު ކަނޑުފެއްތީ ހަރުކަށި ފިކުރުގެ މީހުން ދުރާލައި ރާވައިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
