ރިލުވާން ގެއްލުވައިލި މައްސަލަ އަލުން ބެލުމުން ޔާމީނުގެ ނުރުހުން!

ރިލުވާން ގެއްލުވައިލި މައްސަލަ އަލުން ބެލުމުން ޔާމީނުގެ ނުރުހުން!
ލިޔުން:
ނޫސްވެރިޔާ އަހުމަދު ރިލުވާން އަބްދުﷲ ގެއްލުވައިލި މައްސަލަ މިހާރުގެ ސަރުކާރުން އަލުން ތަހުގީގު ކުރުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީނު އަބްދުލް ގައްޔޫމު އެކަމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
"ފެލާލައިފި" މި ނަމުގައި ޕީޕީއެމް/ޕީއެންސީން ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޔާމީނު ވިދާޅުވީ ރިލުވާން މައްސަލައަކީ ކުރިން ބަލައި ނިމިފައި އޮތް މައްސަލަައެއް ކަމަށެވެ. ރިލުވާނު ގެއްލުވައިލި މައްސަލަ ހިމެނޭ ގޮތުން މަރުގެ އެހެން މައްސަލަތައް ވެސް ހުރީ ބަލާފައި ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ މައްސަލަތައް އަލުން ބެލުމާ ގުޅުވައި ޔާމީނު ރޭ ފުލުހުންނަށް ވަރަށް ހުތުރުކޮށް މުހާތަބު ކުރެއްވި އެވެ.
"އެހެރީ ބަލާފައި ހުރި މައްސަލަތަކެކޭ. ފުލުހުންގެ މުއައްސަސާގައި އިސްކޮށް ތިބީ ގަމާރުންތަކެއްތަ؟ ބީތާއިން ތަކެއްތަ؟ މިއީ ބަލައި ނިންމާފައި ހުރި މައްސަލައޭ،" ޔާމީން ވިދާޅުވި އެވެ،
މަރުގެ މައްސަލަތައް ބަލަނީ ސިޔާސީ ގޮތުން ކުރާ ކަމެއް ކަމަށް ތުހުމަތު ކުރައްވައި ޔާމީނު ވިދާޅުވީ މިހާރުގެ ސަރުކާރު "ވެރިކަމަށް އަންނަން ވެސް ނެގީ މަރުގެ ކާޑު ކަމަށާއި ވެރިކަން ނިމޭ އިރު ވެސް ނަގަނީ މަރުގެ ކާޑު" ކަަމަށެވެ. ރިލުވާނު މަރައިލި މީހުން މިސަރުކާރުގައި ތިބި މީހުންނަށް ވެސް އެނގޭނެ ކަމަށާއި ފުލުހުންނަށް ވެސް އެނގޭނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރިލުވާނު ކާރަކަށް އަރުވައިގެން ދުއްވީ ކޮން ބައެއްކަން ތަހުގީގުން އެނގިފައިވާ ކަމަށާއި އެމީހުން ތިބީ ވީއްލިފައި ކަމަށް ވެސް ޔާމީނު ވިދާޅުވި އެވެ./
ނޫސްވެރިޔާ ރިލުވާނު ގެއްލުވައިލި މައްސަލައިގެ ތަހުގީގާ ގުޅުގައި އެމަނިކުފާނު މިހާ ކޯފާވެގެން ވާހަކަފުޅު ދައްކަވައިފައި މިވަނީ އެ މައްސަލައިގައި ތުހުމަތު ކުރެވުނު ބައެއް މީހުންނާ އެމަނިކުފާނާ ގުުޅުން އޮތް ކަަމަށް މަރުކޮމިޝަނުގެ ތަހުގީގުގައި ބުނެފައި ވަނިކޮށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
