މާލެ: 31°C

ރިއްފަތު މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންވި ގޮތާއިމެދު މަތީ ކޯޓުގެ ލަފާ ހޯދަނީ

ރިއްފަތު މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންވި ގޮތާއިމެދު މަތީ ކޯޓުގެ ލަފާ ހޯދަނީ
May 31, 2023
3 ފަހަރު ބަލާފައި
ރިއްފަތު މަޖިލީހަށް ޖަވާބުދާރީވެވަޑައިގެންވި ގޮތާއިމެދު މަތީ ކޯޓުގެ ލަފާ ހޯދަނީ
އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލާގައި މަޖިލީހަށް ލިޔުމުން ޖަބާދެއްވުމުން އުފެދުނު ހިޔާލުތަފާތުވުން ތަކަށް ސުޕްރީމް ކޯޓުގެ ލަފައެއް ހޯއްދަވަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނިންމަވައިފި އެވެ.

ސިޔާސީ ޕާޓިތަކާއި މަޝްވަރާ ކުރެއްވުމަށް މެދުކަނޑާލެއްވުމަށް ފަހު ޖަލްސާ އަލުން ފައްޓަވާ، ނަޝީދު ވިދާޅުވީ އެ މަޝްވަރާއިން ގޮތެއް ނުނިންމުނު ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން އެކަމާ އިންކާރުކުރީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީންނެވެ.

"މިބާވަތުގެ ކަންތަކުގައި އަޅުގަނޑު ޖެހޭނީ އިސްތިޝާރީ ލަފައެއް ހޯދަން. ގާނޫނު އަސާސީ އެކުލަވައިލި އިރު މާނަކޮށްފައި އޮތް ގޮތާއި މިބާވަތުގެ ކަންތައް އަޅުގަނޑު އެދޭ ގޮތަކީ ސުޕްރީމްކޯޓުން ނިންމުން،" ނަޝީދު ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ރިއްފަތުގެ އިތުބާރު ނެތް ކަމަށް މައްސަލަ ހުށަހެޅީ ރާއްޖެ މޮރިޝަސް ކަނޑުއޮޅީގެ މައްސަލާގައި ރާއްޖެ އަށް ގެއްލުންވާގޮތަށް މައްސަލަ ނިމުނު ކަމަށް ބުނެއެވެ. އެ މައްސަލާގައި ރިއްފަތު މަޖިލީހަށް ޖަވާބުދާރީ ވެވަޑައިގަންނަވަން 14 ދުވަސް ދެއްވުމުން އޭނާ ޖަވާބުދެއްވީ ލިޔުމުންނެވެ. އެކަމާ ގުޅިގެން މިއަދު މަޖިލީހުގައ ިހިޔާލުތަފާތުވެ މަޖްލިސް މެދުކަނޑާލިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ