ޗާގޯސް މައްސަލައާ ގުޅިގެން ބަންޑާރަ ނައިބުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީ ވުމަށް އޭޖީ އިބްރާހީމް ރިއްފަތު ރައްޔިތުންގެ މަޖިލީހަށް ހާޒިރުވުމުން، މަޖިލޯީހުގެ ތަޅުން ހޫނުވެއްޖެއެވެ.
އޭޖީ ރިފްއަތަށް ޖަވާބުދާރީ ވުމަށް 14 ދުވަހުގެ މުއްދަތު ދެއްވުމުން، ފުރަތަމަ ޖަވާބު ފޮނުއްވީ ލިޔުމުންނެވެ. އެކަމާ މަޖިލީހުގައި ހިޔާލުތަފާޓުވެ މައްސަލަ ކުރިއަށް ނުގެންދެވިފައި ވަނިކޮށް ރިއްފަތުމަޖިލީހަށް ވަޑައިގެން ޖަވާބުދާރީ ވުމަށް އެދިވަޑައިގެންނެވި އެވެ.
އެ ގޮތުން މިއަދުގެ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކޮށް އޭޖީ ރިއްފަތު މަޖިލީހަށް ހާޒިރުވެވަޑައިގަތުމުން އިދިކޮޅަށް ނިސްބަތްވާ މެންބަރުން ވަނީ ރިޔާސަތު ކުރިމައްޗަށް ތެދުވެ އަޑުގަދަ ކުރައްވާފައެވެ.
އޭގެ ތެރޭގައި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އާއި، ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން މުހައްމަދު ލަތީފާއި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގް ހިމެނެއެވެ.
އެ މެންބަރުންނަށް ގަވާއިދަށް ހުރުމަތްތެރިކޮށް ހިތުމަށް ރިޔާސަތުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނަސޭހަތްތެރި ވުމުން ވެސް އަޑުގަދަ ކުރައްވާތީ ، ރައީސް، ވަނީ މަޖޖިލިސް މެދުކަނޑާލައްވާފައެވެ.
ރައީސް ނަޝީދު ވިދާޅުވީ، މަޖްލިސް ފަށައިގަނެވި ކުރިއަށް ގެންދެވުނީމާ، މެމްބަރުންގެ ކަންބޮޑުވުންތަކަށް ޖަވާބުލިބުމަށް މަގުފަހިވެގެން ޑާނެ ކަމަށެވެ.ހުސްވަގުތަށް ފަހު މަޖިލީސް އަލުން ފަށައި، އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން ފުރުސަތު ދެއްވައިފައެވެ.







