މި މައްސަލަ ކުރިއަށް ގެންދިއުމުގައި ގާނޫނުއަސާސީ އާއި، މަޖިލީހުގެ ގަވާއިދާއި ޑިމޮކްރެޓިކް ހަމަތަކަށް އިސްކަން ދެއްވާނެ ކަމަށް ރައީސް ނަޝިދު ވިދާޅުވިއެވެ. އަދި އެފަދަ ހާލަތް ތަކުގައި މީގެ ކުރިން މަޖިލީހުން އަމަލު ކޮށްފައިވާ ގޮތާއި، ބޭރުގެ ގައުމުތަކުގައި ކަން ކުރާ ގޮތަށް ރިއާޔަތް ކުރައްވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ. އަދި ފަހު މަޖިލީހުގެ މެޖޯރިޓީ އަދި މައިނޯރިޓީ ލީޑަރުންނާ އެކު އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް މަޖްލިސް މެދުކަނޑާލެއްވިއެވެ.
ބަންޑާރަނައިބު ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް މަޖިލީހުން 14 ދުވަހުގެ ނޯޓިސް ދިނީ މިމަހުގެ 16 ވަނަ ދުވަހު އެވެ. މައްސަލައިގައި ޖަވާބުދާރީވުމަށް ރިފްއަތަށް 30 މިނެޓުގެ ވަގުތު ދިނުމަށް މަޖިލީހުގެ އާންމު ކޮމިޓީން ނިންމި އެވެ. ރިފްއަތުގެ އިތުބާރު ނެތް ކަމަށް ފާސްވާނީ 44 ވޯޓު ލިބިގެން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.ރިއްފަތު ލިޔުމަކުން ޖަވާބުދެއްވުމުން މަޖިލީހުގައި ހިޔާލު ތަފާތުވެއްޖެ

ރިއްފަތު ލިޔުމަކުން ޖަވާބުދެއްވުމުން މަޖިލީހުގައި ހިޔާލު ތަފާތުވެއްޖެ
ލިޔުން:
ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި، ޖަވާބުދާރީ ވުމަށް މަޖިލީހަށް ހާޒިރުވެ ވަޑައިގެންނެވުމުގެ ބަދަލުގައި ލިޔުމުން ޖަވާބު ފޮނުއްވުމުން މަޖިލީހުގައި ހިޔާލުތަފާތުވެ، މައްސަލަ ކުރިއަކުރިއަށް ގެންދާނެ ގޮތަކާ މެދު ސިޔާސީ ޕާޓިތަކުގެ ވެރިންނާ މަޝްވަރާ ކުރުމަށް މަޖިލިސް މެދުކަނޑާލައިފިއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރިފްއަތުގެ ދިފާއު ހުށަހެޅުއްވީ ލިޔުމުން ކަމަށެވެ.
"އާންމު ކޮމެޓީން ވަޒީރު ވަޑައިގަންނަވާނެ ކަމަށް ނިންމަވާފަ އޮތް އިޖުރާތެއް އަޅުގަނޑު އަތުގައި އޮތީ. ވަޒީރު ނިންމެވީ ވަޒީރަށް ލިބިވަޑައިގަންނަވާ ހައްގުގެ ތެރެއިން ވަޒީރު ލިޔުމުން ޖަވާބު ދެއްވަން. އެހެންވީމާ މީގަ އިދާރީ މައްސަލައެއް ނިކުތުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި އަޅުގަނޑު ޖެހޭ ފާހަގަކުރަން،" ރައީސް ނަޝީދު ވިދާޅުވި އެވެ.
އެކަމާގުޅިގެން ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ނިޒާމީ މައްސަލައެއް ނަންގަވާ ވިދާޅުވީ އާންމު ކޮމެޓީން ނިންމާފައިވަނީ ވަޒީރު މަޖިލީހަށް ހާޒިރުވެ ވަޑައިގެން ޖަވާބުދާރީވާއިރު އަމަލުކުރާނެ އުސޫލެއް ކަމަށެވެ.
އެއީ ބަހުސް ފެށުމުގެ ކުރިން 10 މިނެޓްގެ ވަގުތެއް ދިނުމަށްފަހު ބަހުސްގެ މެދުތެރެއިން 10 މިނެޓް ދިނުމަށްފަހު ބަހުސް ނިމުމުގެ ކުރިން 10 މިނެޓްގެ ވަގުތެއް ދިނުމެއް ކަމަށެވެ.
"އާންމު ކޮމެޓީން ނިންމާފައެއް އިއްޒަތްތެރި ރައީސް، ނެތް ޖަވާބުދާރީވުމަށް ލިޔުމުން ހުށަހެޅުއްވީމާ އެލިޔުން އިއްވާނެ ގޮތަކާ ބެހޭ އެއްވެސް ނިންމުމެއް،" ހަސަން ލަތީފު ވިދާޅުވި އެވެ.
ސަރުކާރަށް ތާއީދުކުރައްވާ މެންބަރުން ވަނީ އިތުބާރު ނެތްކަމުގެ މައްސަލަތަކުގައި ވަޒީރަށް ލިޔުމުން ޖަވާބު ދާރީވުމުގެ ފުރުސަތު ލިބޭކަމަށް ވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
"ވަޑައިނުގެންފި ހާލަތެއްގައި އާންމު އުސޫލުން ޓޭބަލް އޮފީހުން ނިންމަވާ އެ ނިންމަވާ ގޮތެއްގެ މަތިން އަމަލުކޮށްފައި ހުރީ ކުރިން،" އަލިފުށި ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު ވިދާޅުވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
