މާލެ: 31°C
ރައީސް ޔާމީންގެ ޓީމުން ސަރުކާރު ގުއި ރޯނުގައި ޖައްސައިފި، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރޭ ފުލުހުންގެ އަމަލުތައް ހުރީ އެންގެވި ގޮތާ ހިލާފަށް ކަމަށް

ރައީސް ޔާމީންގެ ޓީމުން ސަރުކާރު ގުއި ރޯނުގައި ޖައްސައިފި، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރޭ ފުލުހުންގެ އަމަލުތައް ހުރީ އެންގެވި ގޮތާ ހިލާފަށް ކަމަށް

April 10, 2024
3 ފަހަރު ބަލާފައި
ރައީސް ޔާމީންގެ ޓީމުން ސަރުކާރު ގުއި ރޯނުގައި ޖައްސައިފި، ރައީސް ޑރ. މުއިއްޒު ވިދާޅުވީ ރޭ ފުލުހުންގެ އަމަލުތައް ހުރީ އެންގެވި ގޮތާ ހިލާފަށް ކަމަށް
ޕީޕަލްސް ނޭޝަނަލް ފްރޮންޓް، ޕީއެންއެފް އުފައްދަން ރޭ ޣިޔާސުއްދީން ސްކޫލްގައި ބޭއްވުމަށް ތައްޔާރުވަމުންދިޔަ ޖަލްސާގައި އެޕާޓީގެ މެމްބަރުންނާ ދެކޮޅަށް އެސްއޯ ފުލުހުން އަމަލުކޮށްފައިވަނީ އެމަނިކުފާނު ގެންގުޅުއްވާ އުސޫލުތަކާ ހިލާފަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ޕީއެންއެފް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ތާވަލްކޮށްފައި އޮތީ ޢިޔާސުއްދީން ސްކޫލު ހޯލުގައެވެ. ނަމަވެސް އެސްއޯ ފުލުހުން ވަނީ ޖަލްސާ ބޭއްވުމަށް ދީފައިވާ ހުއްދަ އަނބުރާ ގެންގޮސްފައިވާކަމަށް ބުނެ، ޕީއެންއެފްގެ މެމްބަރުން ޖަލްސާއަށް ވަނުމަށް ހުރަސްއަޅާފައެވެ. މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ރައީސް ޑރ.މުއިއްޒު ވިދާޅުވީ، ރޭގެ ޖަލްސާގައި ފުލުހުން އަމަލުކޮށްފައިވަނީ އެބާވަތުގެ ކަންކަމުގައި އެމަނިކުފާނު ދެއްވާފައިވާ އިރުޝާދުތަކާ މުޅިން ހިލާފަށްކަމަށެވެ. ރައީސް ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމަށް އެމަނިކުފާނު ދެއްކެވި ވާހަކަފުޅަކީ ގައުމުގައި ހަމަޖެހުން ގާއިމްކޮށް ބަދަލު ހިފުމުގެ ރޫހު ނައްތާލައި ސިޔާސީގޮތުން ހިޔާލު ފާޅުކުރާ މީހުނަށް ދޭނެ އަދަބެއް ނުގެންގުޅުއްވާނޭ ކަމުގެ ވާހަކަތައް ކަމަށެވެ. ރައީސް ވިދާޅުވީ ރޭ ހިނގި ކަންތައްތަކާމެދު އެމަނިކުފާނު ހިތާމަފުޅު ކުރައްވާކަމަށާއި، ސަރުކާރުގެ ތެރެއިން އެކަން ކުރުމުގައި އޯޑަރެއް ދެއްވާފައިވާނަމަ، އެކަން ބަލައި ފިޔަވަޅު އަޅުއްވާނޭ ކަމަށެވެ. "އަޅުގަނޑު ހޯމް މިނިސްޓަރަށް ގުޅާފައި ދެންނެވިން ކިހިނެތްހޭ މިކަން މިވީ.ކްލިއަރ އިސްޓްރަކްޝަން ދީފަ އޮއްވާ. ދެން މިނިސްޓަރު ވިދާޅުވި ތިމަންނަވެސް އޮންނާނީ ސީޕީއަށް މިކަން ދަންނަވާފައޭ."ރައީސް ވަރަށްބޮޑަށް ދެކޮޅު ހަދާކަމެކޭ އެސްއޯ ފުލުހުން ފޮނުވުމަކީ.އަދި އަމުދުން ސިޔާސީ ބައްދަލުވުމަކަށް"ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރޭ އެ ހިނގި ކަންތައްތައް އިންވެސްޓިގޭޓްކުރުމަށްފަހު، އެކަމާ ގުޅޭ ރިޕޯޓް މިއަދު އިރުއޮއްސުމުގެ ކުރިން އެމަނިކުފާނަށް ފޮނުއްވުމަށް އަމުރުކުރައްވާފައި ވާނޭކަމަށެވެ. ޢިޔާސުއްދީން ސްުކޫލުގައި ޖަލްސާ ނުބޭއްވޭކަން އެނގުމުން ކުޅިވަރާ ބެހޭ ވަޒީރަށް ގުޅުއްވާފައި ޕީއެންއެފްގެ ޖަލްސާ ސޯސަލް ސެންޓަރުގައި ބޭއްވުމުގެ ހުއްދަ ވަގުތުން ދިނުމަށް އެދިފައިވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ. އަދި ޕީއެންއެފްގެ އެ ހަރަކާތް ހިނގާ ސަރަހައްދަށް ފުލުހުން ނުދިއުމަށްވެސް އަންގާފައިވާނޭކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ރޭ ފުލުހުން އަމަލުކުރިގޮތުން ޕީއެންއެފްގެ އިތުރުން އިދިކޮޅު އެންމެބޮޑު ޕާޓީންވެސް ވަނީ އެކަން ވަރަށްބޮޑަށް ކުއްވެރިކޮށްފައެވެ. ނިއުޕޯޓް ސަރަހައްދުގައި ޕީއެންއެފް ޖަލްސާ ބާއްވާފައިވަނީ ޢިޔާސުއްދީން ސްކޫލުގައި ޖަލްސާ ކުރިއަށްގެންދިއުމުގެ ފުރުސަތު ފުލުހުން ނުދިނުމުންނެވެ. މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ ޖަލްސާ ހުއްޓުވަން ޖެހުނީ ހުއްދަ ދެވިފައި ނުވާ އެއްވުމެއް ބާއްވަން އުޅޭތީވެ، އެކަން ހުއްޓުވައި ސްކޫލު ރައްކާތެރިކުރުމަށް، މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އެދިފައިވާތީކަމަށެވެ. ޕީއެންއެފުން ރޭ ބޭއްވުމަށް ތާވަލްކުރި މި ޖަލްސާ ބޭއްވިޔަ ނުދިނުމަށް މާ ކުރިންސުރެ ފެށިގެން މަސައްކަތް ފަށާފައިވާކަމަށް އެ ޕާޓީގެ އިސް ހަރަކާތްތެރިޔާ، މުހައްމަދު މަލީހް ވަނީ މިއަދު ވިދާޅުވެފައެވެ. މަލީހް ވިދާޅުވެފައިވަނީ މިރޭ ޖަލްސާ ބޭއްވިޔަ ނުދިނުމަށް ސަރުކާރުން އަންގައިގެން، ސްޓެލްކޯއިން ވަނީ ޖަލްސާ ކުރާ ތަނުން ކަރަންޓުވެސް ކަނޑާލާފައިކަމަށެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ