ސ. މަރަދޫފޭދޫގައި ރޭ ހިންގި މާރާމާރީގައި 27 އަހަރުގެ ޒުވާނާ މަރުވީ، މަސްތުވާތަކެތި ގަތުމަށް ކޮއްކޮގެ ފޯނު ބޭބެ ވިއްކާލުމުން އެކަމާ ރުޅިއައިސްގެން ދިން ހަމަލާ އެއްގައި ކަން އެނގިއްޖެއެވެ.
އެ ރަށުން ވާހަކަދެއްކި މީހަކު ބުނި ގޮތުގައި އުމުރުން 27 އަހަރުގެ ބޭބެ، އަހުމަދު ޝުއައިބު، ބްލޫސްޓާ/މަރަދޫފޭދު އަކީ ކުރިއްސުރެ މަސްތުވާތަކެތި ބޭނުންކުރާ މީހެކެވެ. މަސްތުވާތަކެތީގެ ކުށުގެ ރެކޯޑު އޮންނަ އެ ދެ ފިރިހެނުން ވެސް ފުރަތަމަ މައްސަލަ ޖެހުނީ ގޭގައި ހިނގި ކަމަކުންކަމަށް ވެއެވެ.
ރުޅިއައިސްގެން ކޮއްކޮ ބޭބެގެ ކަރަށް ކަތުރެއް ހަރާލީއެވެ. ކަތުރު ހެރުމަށް ފަހު ކޮއްކޮ ފިލާފައިވާ ކަމަށެ ވެއެވެ. ޝުއަބު އޮތީ އެގެއާ ކައިރި މަކުމައްޗައް ވެއްޓިފައި ކަމަށާއި އަވައްޓެރިން އޭނާ ހޮސްޕިޓަލަށް ގެންދިޔަކަމަށް ވެސް އެރަށު މީހަކު ބުންޏެވެ.ދެ ޒުވާނުންނަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ މީހުން ކަމުގައި ވާހަކަދެކެވެއެވެ. ނަމަ ވެސް ވަޅިހަރާލި ކޮއްކޮގެ ކުށުގެ ރިކޯޑެއް އޮންނަކަމެއް ސާފެއް ނުވެއެވެ.
ޝުއައިބުގެ ޖަނާޒާ މިއަދު އަސުރު ނަމާދަށް ފަހު އެރަށުގައި ބާއްވަން އާއިލާ އިން ވަނީ ނިންމާފައެވެ.






