މާލެ: 31°C

ރިސޯޓުތަކުގެ އެންމެ އިސް މަގާމުތައް ދިވެހިންނަށް ހާއްސަ ކުރަން ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި

ރިސޯޓުތަކުގެ އެންމެ އިސް މަގާމުތައް ދިވެހިންނަށް ހާއްސަ ކުރަން ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި
March 18, 2023
2 ފަހަރު ބަލާފައި
ރިސޯޓުތަކުގެ އެންމެ އިސް މަގާމުތައް ދިވެހިންނަށް ހާއްސަ ކުރަން ގޮވާލާ ގަރާރެއް މަޖިލީހަށް ހުށަހަޅައިފި
ރިސޯޓުތަކުގެ އެންމެ އިސް މަގާމުތައް ދިވެހިންނަށް ހާއްސަ ކުރަން އެދި ގޮވާލާ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ގަރާރެއް މަޖިލީހަށް ހުށަހަޅައިފިއެވެ. ޖާބިރު ހުށަހެޅި ގަރާރަކީ އެންމެ ސީނިއާ މަގާމުތަކުގައި ގިނަ އަދަދަކަށް ބިދޭސީން ފުރަމުންދާތީ އެކަން ހައްލުކުރުމަށް ހުށަހެޅި ގަރާރެކެވެ. މި ގަރާރާ ބެހޭގޮތުން ޖާބިރު ވިދާޅުވީ ރިސޯޓްތަކުގެ މަތީ ފަންތީގެ ވަޒީފާތަކަށް ބޭނުންވާނެ ދިވެހީންނަށް ތައުލީމާއި ތަމްރީނު ދެވޭނޭ ފުރިހަމަ ނިޒާމެއް ގާއިމްކުރަންޖެހޭ ކަމަށެވެ. އަދި އެ ވަޒީފާތަކަކީ ސީދާ ދިވެހިން ތިބެންޖެހޭނޭ ވަޒީފާތަކަކަށް ވާތީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް 50 އަހަރު ފުރިފައިވާއިރު ވެސް މިކަމަށް ހައްލެއް އައިސްފަނުވާކަމަށެވެ. ޖާބިރު ވިދާޅުވީ މި މައްސަލައިގައި ބަހުސްކޮށް މެމްބަރުން މިކަމާމެދު ދެކޭގޮތް ހާމަކުރުމަށްޓަކައި މަޖިލީހުގެ ގަވާއިދު ތަންދޭ އެންމެ ފުޅާ މިންވަރެއްގައި މި ގަރާރަށް ބަހުސްކޮށް މެމްބަރުން ހުށަހަޅާ ހިޔާލާއި ދެއްވާ ރައުޔުތަކާއި ދެކެވަޑައިގަންނަވާ ގޮތްތަކެއް ހާމަވެގެން ދިއުމަކީ ވެސް މުހިއްމު ކަމައް ކަމަށެވެ. އެހެން ކަމުން މިފަދަ ގަރާރެއް މަޖިލީހަށް ހުށަހެޅުމަށް ނިންމީ ކަމަށެވެ. ދުނިޔޭގެ ނިސްބަތުންގެ އެންމެ ވިސްނުން ތޫނުބަޔަކީ ދިވެހިން ކަމަށްވާއިރު، ދިވެހިން އެފަދަ މަގާމުތަކަށް ކުފޫ ހަމަނުވާކަމަށް ބަޔަކު ދެކޭނަމަ މިއަށްވުރެ ވަކި ބޮޑު ގައުމީ މައްސަލައެއް ނެތްކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ. ޖާބިރު ވިދާޅުވީ މި މައްސަލައަށް ހައްލު ގެނައުމަށް މަސައްކަތް ފަށަންޖެހޭ އެންމެ މުހިއްމު ތަނަކީ ރައްޔިތުންގެ މަޖިލީސް ކަމަށެވެ. އެހެން ެއެކަން އޮތް ނަމަވެސް ރިސޯޓްތަކުގެ %80 ރަށްތަކުގައި ރިސޯޓް މެނޭޖަރުންނަކީ ބިދޭސީން ކަމަށާއި، %95 ރަށްތަކުގައި އެކައުންޓް މެނޭޖަރުންނަށް ވާއިރު، %70 ރިސޯޓްތަކުގެ އެޗްއާރު މެނޭޖަރުންނަކީވެސް ބިދޭސީން ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ މީގެ ކުރިންވެސް ފަތުރުވެރިކަމާއި ގުޅުންހުރި ގަރާރުތަކެށް މަޖިލީހަށް ހުށަހަޅާފައެވެ. ނަމަވެސް މަޖިލީހުގެ ތަޅުމަށް އެ ގަރާރުތަށް ބަލައި ނުގަނެ ވަނީ ބޭރުކޮށްލާފައެވެ.    

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ