
ރިސޯޓެއްގެ ޕޫލްއަކަށް ގެނބި، ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ
ރިސޯޓެއްގެ ޕޫލްއަކަށް ގެނބި، ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެ
ލިޔުން:
މާލެ އަތޮޅު ރިސޯޓްއްގެ ޕޫލްއަކަށް ގެނބި، ކުޑަކުއްޖަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މިި ހާދިސާގައި މަރުވީ، "ކޮކޯޕާމް ބޮޑު ހިތި" ނަމަކަށް ކިޔާ ރިސޯޓެއްގައި އާއިލާއާ އެކު ޗުއްޓީއަށް އައިސް އުޅުނު އިންޑިއާއަށް ނިސްބަތްވާ އަށް އަހަރުގެ އަންހެން ކުއްޖެކެވެ. އެ ކުއްޖާ ފެނިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައި އެ ރިސޯޓުގެ އިންޑޯ ޕޫލަކުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކުއްޖާ މަރުވެފައި އޮތް ޕޫލަކީ ކުޑަކުދިންނަށް ވެސް އެރެވޭ ގޮތަށް އަދި އެހާ ފުން ނޫން ގޮތަކަށް ހަދާފައިވާ ޕޫލެއްކެވެ.
ފުލުހުން ބުނީ ރިސޯޓެއްގައި ސްވިމިންގ ޕޫލް ތެރޭގައި ކުއްޖަކު ގެނބިގެން އޭޑިކޭއަށް ގެންގޮސްފައިވާ ކަމަށް އިއްޔެގެ ވަގުތެއްގައި ފުލުހުންނަށް ހޮސްޕިޓަލުން ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ކުއްޖާއަށް އަވަސް ފަރުވާ ދިނުމަށް މާލެ ގެނެސް އޭޑީކޭއަށް ގެންދިޔައިރު ވެސް ކުއްޖާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ބުނެފައިވެއެެވެ.
މި މައްސަލަ ތަހުގީގު ކުރަމުންދާތީ މައްސަލައާއި ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
