މާލެ: 31°C

ކަނބާލިފަރާއި ގުޅޭ ހުރިހާ މުއާމަލާތެއް ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރުކޮށްފި

February 9, 2023
2 ފަހަރު ބަލާފައި
ކަނބާލިފަރާއި ގުޅޭ ހުރިހާ މުއާމަލާތެއް ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރުކޮށްފި
ކަނބާލިފަރާއި ގުޅޭ ހުރިހާ މުއާމަލާތެއް ވަގުތީ ގޮތުން ހުއްޓާލުމަށް އަމުރުކޮށްފި

ރިސޯޓް ހަދަން ދޫކޮށްފައިވާ ށ. ކަނބާލިފަރާއި ގުޅޭ ހުރިހާ މުއާމަލާތެއް ހުއްޓާލުމައް ސިވިލް ކޯޓުން އަމުރުކޮށްފި އެވެ.

ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައިވަނީ އިޓަލީގެ އިންވެސްޓަރު ފްރާންޗިން ޖުސެއްޕޭ (ޕީނޯ) އާއި ކަނބާލިފަރު ރިސޯޓްގެ މިހާރުގެ ވެރިޔާ ސަރަނގު އާދަމް މަނިކް އާއި ދެމެދު ވިޔަފާރީގެ މައްސަލަތަކެއް އުފެދިގެންނެވެ.

މި ވަގުތީ އަމުރު ސިވިލް ކޯޓުން ނެރެދިނުމަށް އިޓަލީގެ އިންވެސްޓަރު ފްރާންޗިން ޖުސެއްޕޭ ސިވިލް ކޯޓުގައި އެދިފައިވަނީ، ށ. ކަނބާލިފަރު ކުންފުނީގެ ޕަވާރ އޮފް އެޓާނީ ސަރަނގު އާދަމް މަނިކު އަށް ދީފައި ވަނިކޮށް ފްރާންޗިން ޖުސެއްޕޭ ހުއްދަ ނެތި އެ ޕަވާ އޮފް އެޓާނީ ނަހަމު ގޮތުގައި ބޭނުން ކޮށްގެން ސަރަންގު އާދަމް މަނިކު އެ ރަށުގެ މިލްކުވެރިކަން  އަމިއްލަ ކުންފުންޏަކަށް ބަދަލު ކޮށްފައިވާކަމަށް ބުނެއެވެ. 

މި އަމުރުގައި އެ މުއާމަލާތް ވަގުތީ ގޮތުން ހުއްޓުވުމަށް އެދި މިނިސްޓްރީ އޮފް ޓުއަރިޒަމް އަދި މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ މައްޗައް ސިވިލް ކޯޓުން ވަނީ އަމުރު ކޮށްފައި އެވެ.

ށ. ކަނބާލިފަރަކީ ސަރަނގު އާދަމް މަނިކު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)މެދުވެރިކޮށް ލޯނެއް ނެގުމަށް ރަހުނުކުރުމުގެ މަސައްކަތް ކުރިއަށްދާ ރަށެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ