ރިސޯޓެއްގައި ފަތުރުވެރި އަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ

ރިސޯޓެއްގައި ފަތުރުވެރި އަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެ
ލިޔުން:
ރާއްޖޭގެ ރިސޯޓެއްގައި ފަތުރުވެރި އަކު ރޭޕްކުރި މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ ކ. އަތޮޅު ރިސޯޓެއްގައި ޗުއްޓީ ހޭދަކުރަމުންދިޔަ ފަތުރުވެރިޔަކު ރޭޕު ކޮށްފައިވާ މައްސަލައެއް މި މަހުގެ ހަވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
ފުލުހުން ބުނީ، ތަހުގީގަށް ބޭނުންވާ ސާމްޕަލް ނަގައި، ސުވާލުކުރަންޖެހޭ ފަރާތްތަކާއި ސުވާލުކުރުމުގެ މަސައްކަތް މިހާރު ކުރިޔަށް ގެންދަމުން ދާކަމަށެވެ.
މި މައްސަލާގައި މިހާތަނަށް އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މި ކޭސް ގައި ރޭޕް ކޮށްފައިވަނީ އޮސްޓްރޭލިއާ ގެ ސިޑްނީގައި ކިޔަވަމުން ދާ ޒޫ ޔިޓޮންގް ( ޔޮލީ) ނަމަކަށް ކިޔާ ޗައިނާ އަށް ނިސްބަތްވާ އަންހެނެކެވެ.
މިކަމެއް ހިނގާފައިވަނީ ރިޓްޒް ކާލްޓަން މޯލްޑިވްސް ފަރި އައިލެންޑް ނަމަކަށް ކިޔާ ރިސޯޓެއްގައި ކަމަށްވެސް ވަނީ މައުލޫމާތު ލިބިފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
