ރިސޯޓަކަށް ގެންދިޔަ ގިނަ އަދަދެއްގެ ބަނގުރާ، ކަނޑުމަތިން ވަގަށް އެހެން އުޅަނދަކަށް އަރުވަނިކޮށް ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުން ބުނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އދ.މަހިބަދޫ ޕޮލިސް ސްޓޭޝަން އާއި ގުޅިގެން މި މަހުގެ 2 ވަނަ ދުވަދު ހިންގި އޮޕަރޭޝަނެއްގައި ދޯންޏެއްގައި ޤަވާއިދާ ޚިލާފަށް ސަފާރީއަކަށް އަރުވަންގެންދިޔަ 1794 ފުޅި ބަނގުރަލާއި 1680 ދަޅު ބަނގުރާ ފުލުހުންގެ ބެލުމުގެދަށްށް ގެނެސްފައިވާ ކަމަށެވެ.
އެތަކެތި ފުލުހުން އަތުލައިގެންފައިވނީ އދ.މހިބަދޫ އާއި ދިއްގަރުލފަޅާއި ދެމެދުން ކަނޑުމަތިން އެ ދޯންޏާއި ސަފާރީ ހުއްޓުވުމަށްފަހު ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށވެސް ފުލުހުން ބުނެފައި ވެއެވެ.
އަދި ފުލުހުން ބުނެފައިވަނީ އެ ތަކެއްޗަކީ ގަވާއިދާ އެއްގޮތަށް ބޮންޑެޑް ވެއާހައުސްއިން ނެރެގެން ރިސޯޓަކަށް ގެންދަން އުޅުނު ތަކެތި ކަމާށާއި އެ ތަކެތި ސަފާރީއަށް އަރުވާފައިވަނީ ގަވާއިދާ ހިލާފަށްކަން ތަހުގީގުން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށެވެ.







