"މީޑިއާގެ ނަމުގައި ހަގީގަތާ ހިލާފު މައުލޫމާތުތައް ފަތުރަމުން އަންނަ އިރު އެއްވެސް ފިޔަވަޅެއް ނޭޅި އޮތުމަކީ ވެސް ކަންބޮޑުވުމެއް ކަމަށް މި ކައުންސިލްގެ ގިނަ މެންބަރުން ދެކެއެވެ،" މީޑިއާ ކައުންސިލުން ނެރުނު ބަޔާނުގައިވެއެވެ.މީޑިއާ ކައުންސިލުން ބުނި ގޮތުގައި އެ މަސައްކަތް ކުރި އޮތް ދުވަސްތަކުގައި ކުރާނީ މީޑިއާތަކާއި ކަމާ ގުޅޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތަކާއި އާންމުންގެ ހިޔާލާ ވެސް އެކުގައެވެ. އެމްއެމްސީ އިން ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފާއިރު އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެ ގޮތަށް އެކަން ކުރަން އިލްތިމާސްކޮށްފައެވެ. އަދި ދޮގު މައުލޫމާތުތައް ފެތުރުން ތަކުރާރުކުރާ ފަރާތްތަކާ މެދު ގާނޫނާއި ގަވައިދުގެ ތެެރެއިން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަަމަށް ވެސް އެ ކައުންސިލުން ބުންޏެވެ. ދޮގު މައުލޫމާތު ފަތުރާ ކަމަށް ބުނެ މީގެކުރިން ކުރުސީ އާއި ދިޔަވަރު ވެބްސައިޓް ސަރުކާރުން ބްލޮކް ކުރިއެވެ. ނަމަވެސް މީޑިއާގައި މަަސައްކަތްކުރާ އެކި ފަރާތްތަކައި އާންމުންގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެ، ފަހުން ވަނީ އެ ވެބްސައިޓްތަށް އަންބްލޮކް ކޮށްފައެވެ.

ރަޖިސްޓްރީ ނުކޮށް ހިންގާ ބައެއް މީޑިއާތަކުން ދޮގުމައުލޫމާތު ފަތުރާތީ، މައްސަލަ ބަލަނީ
ރަޖިސްޓްރީ ނުކޮށް ހިންގާ ބައެއް މީޑިއާތަކުން ދޮގުމައުލޫމާތު ފަތުރާތީ، މައްސަލަ ބަލަނީ
ލިޔުން:
ރާއްޖޭގައި ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުން ދޮގު މައުލޫމާތު ފަތުރަމުންދާތީ، އެ މައްސަލަތައް ބަލަމުން ދާ ކަމަށާއި އެކަމަށް ހަރުދަނާ ނިޒާމެއް އެކުލަވާލުމަށް އުސޫލެއް ހޯދާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އިން ބުނެފިއެވެ.
މީޑިއާ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ "ކުރުސި.ކޮމް" އާއި "ދިޔަވަރު.ކޮމް" އާއި "ދޮންއަމާ.ކޮމް" ނަމުގައި ހިންގާ ތިން ވެބްސައިޓުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ދޮގު މައުލޫމާތު ފަތުރަމުން އަންނަ ކަމަށް ބުނެ ގިނަ އަދަދެއްގެ ޝަކުވާ ކައުންސިލަށް ލިބެމުންދާ ކަމަށެވެ.
މީޑިއާ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގައި ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ވީ އެންމެ ފުޅާ މިނެއްގައި ހުޅުވާލާފައި އޮތުމަށް ކަމަށާއި ނަމަވެސް ކަމުގެ ހަގީގަތް ނުބަލައި އަދި ކަމާ ގުޅޭ ފަރާތްތަކުން މައުލޫމާތު ސާފު ނުކޮށް ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތައް ފެތުރުމަކީ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫން ކަމަށް އެ ބަޔާނުގައި ބުންޏެވެ. ހާއްސަކޮށް ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަގީގަތް ނުބަލައި ހަބަރު ފެތުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖުތަމައު އަށް ކޮށް ބައެއް މުހިންމު މައްސަލަތަކުގައި ހަގީގީ މައުލޫމާތު މީހުންނަށް ސާފު ނުވާ ކަމަށް ވެސް މީޑިއާ ކައުންސިލުގެ ބަޔާނުގައިވެއެވެ.
އެހެންވެ، ގިނަ ޝަކުވާތައް ލިބިގެން އެ ވެބްސައިޓުތައް ޗެކްކުރި އިރު، ހަގީގަތާ ހިލާފު މައުލޫމާތު ހުރިކަން ފާހަގަކުރެވޭ ކަމަށާއި އެ މައްސަލަތައް ބަލަމުން އަންނަ ވަރަކަށް އެކަމުގައި ކައުންސިލުގެ ނިންމުންތައް ހާމަކުރާނެ ކަމަށް މީޑިއާ ކައުންސިލް އިން ބުންޏެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
