ރަޖިސްޓްރާ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
މެދުނުކެނޑި 11 އަހަރު ރަޖިސްޓްރާ އޮފް ކޮމްޕެނީސްގެ މަގާމު ފުރުއްވި ވިސާމް އެ މަގާމުން އިސްތިއުފާ ދެއްވާ ފައިވަނީ މި މަހުގެ 1 ވަނަ ދުވަހު އެވެ. ނަމަވެސް އިސްތިއުފާ ދެއްވި ސަބަބެއް ވިސާމް ހާމަކުރައްވާފައެއް ނުވެއެވެ.
މާކެޓިން މެނޭޖުމަންޓުގެ ދާއިރާ އިން ޑިގްރީ އަދި އިކޮނޮމިކްސްގެ ދާއިރާ އިން މާސްޓާސް ހައްދަވާފައިވާ ވިސާމް ވަނީ ރަޖިސްޓްރާ އޮފް ކޮމްޕެނީޒްގެ މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ވަނީ ހިއްސާގެ ބާޒާރު ބަލަހައްޓާ، ކެޕިޓަލް މާކެޓް ޑިވޮލޮޕްމެންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޑައިރެކްޓަރުގެ މަގާމުވެސް ފުރުއްވާފަ އެވެ.
އޭގެ ކުރިން ސީއެމްޑީގެ އެކްޓިން ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް އޭނާ ފުރުއްވި އެވެ. އަދި ޕެންޝަން އޮފީސްގެ ބޯޑުގެ މެންބަރުކަންވެސް ވިސާމް ކުރައްވާފައިވެ އެވެ.







