މާލެ: 31°C

ރަޖިސްޓަރީ ނުކޮށް ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަން ބަލައިފާސްކުރުމަށް މާދަމާއިންފެށިގެން އެމްއެފްޑީއޭ އަށް ވަދެވޭނެ 

ރަޖިސްޓަރީ ނުކޮށް ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަން ބަލައިފާސްކުރުމަށް މާދަމާއިންފެށިގެން އެމްއެފްޑީއޭ އަށް ވަދެވޭނެ 
August 22, 2024
2 ފަހަރު ބަލާފައި
ރަޖިސްޓަރީ ނުކޮށް ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަން ބަލައިފާސްކުރުމަށް މާދަމާއިންފެށިގެން އެމްއެފްޑީއޭ އަށް ވަދެވޭނެ 
ގާނޫނު އޮތްގޮތުން ހެލްތުން ބަލައި ފާސްކުރުމަށް ވަދެވެނީ ކާބޯތަކެތި ވިއްކުމަށް ރަޖިސްޓަރީކޮށްގެން ހިންގާ ތަންތަނަށް އެކަނި ނަމަވެސް މިއަދު މާދަމާ އަމަލުކުރުަންފަށާ ގާނޫނުގެ ދަށުން، ރަޖިސްޓަރީ ނުކޮށް ކާބޯތަކެތި އުފައްދައި ވިއްކާ ތަންތަން ބަލައި ފާސްކުރުމަށް މާދަމާއިންފެށިގެން އެމްއެފްޑީއޭ އަށް ވަދެވޭނެ ކަމަށް ހެލްތު މިނިސްޓަރ އަބްދުﷲ ޙަލީލު ވިދާޅުވެއްޖެއެވެ. އެމަނިކުފާނޫ އެހެން ވިދާޅުވީ ކާބޯތަކެތީގެ ސަލާމަތާ ރައްކާތެރިކަމުގެ ގާނޫނާ ގުޅޭގޮތުން ނޫސްވެރިނަނަށް މައުލޫމާތުދެއްވުމަށް ބޭއްވެވި ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މިއަހަރުގެ ޖެނުއަރީން ފެށިގެން މިހާހިސާބަށް 1579 ތަނެއް އެޗްޕީއޭއިން ބަލައިފާސްކޮސްފައިކަމަށާއި އޭގެ ތެރެއިން 14 ތަނެއް އާއްމު ސިއްހަތުގެ ގާނޫނާ އަދި ގަވާއިދުތަކާ ޙިލާފުކަމަށް ކަނޑައަޅައި ބަންދުކުރި ކަމަށާއި އެކަންކަން އިސްލާހުކުރުމުން އޭގެތެރެއިން 13 ތަނެއް އަޅުން ހުޅުވައި ހިންގުމުގެ ހުއްދަ ދީފައިވާނެކަމަށެވެ. އަދި 1 ތަން އަދިވެސް ވަނީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިންެ މިންގަނޑުތަށް ފުރިހަމަ ނުވާތީ ހުޅުވުމުގެ ހުއްދަ ނުދީކަމަށެވެ. އަދި އެބައްދަލުވުމުގައި އިތުރަށް ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޙަލީލް ވިދާޅުވީ އެ މުއްދަތުގެ ތެރޭގައި އެޗްޕީއޭ އަށް ޝަކުވާގެ ގޮތުގައި ލިބިފައިވަނީ 136 މައްސަ ކަމަށާއި ގިނަ މައްސަލަތައ އޭގެ ތެރެއިންވެސް ގިނަ މައްސަލަ ތަކަކީ ހުއްދަ ނުނަގައި ހިންގާ ތަނާ ގޫޅެ މައްސަލަތައް ކަމަށާއި އަދި އެފަދަ ތަންތަން ގިނައިން ހިންގަނީ ޤަވާއިދާ ޙިލާފަށް އުޅޭ ބިދޭސީންކަން ފާހަގަކުރެވޭ ކަމަށާއި، އެހެންކަމުން ހުއްދަ ނަގައިގެން ހިންގާ ތަންތަން އިންސްޕެކްޓް ކުރުމަށް ކުރެވޭ މަސައްކަތް ރަނގަޅަށް ކުރެވެމުންދާކަން ފާހަގަކުރާކަމަށެވެ. މިނިސްޓަރ އިތުރަށް ވިދާޅުވީ މިހާރު މި ގާނޫނަށް ގެންނަން އުޅޭ ބަދަލާ ގުޅިގެން ކަންމަތީ ފިހާރާގައި ވިއްކަން ހުންނަ ގުޅަ ޕެކެޓާއި ކޭކް ޕެކެޓް ފަދަ ކާބޯތަކެތި އުފެއްދި ތަން އިނގެން ހުންނާނޭ ހެން އެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހެދޭ ޤަވާއިދުތަކުން ލާޒިމް ކުރުވުން ކަމަށެވެ. އޭރުން އެ އުފެއްދި ތަނެއް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ހޯދައި އެތަނެއް ބަލައި ފާސްކުރެވޭނެކަމަށެވެ. އެގޮތުން 23 އޯގަސްޓުން ފެށިގެން އެ ގާނޫނަށް އަމަލުކުރެވެން ފެށުމާއެކު އެފަދަ ކާބޯތަކެތި ވިއްކާ ކަންމަތީ ފިހާރަވެސް ޒިންމާޒާރު ކުރެވޭނެ ކަމަށާއި އަދި އެ ތަކެތި އުފައްދާ ތަންތަނަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން  ގޮސް ވަދެ ބަލައި ހެދުމުގެ ބާރުވެސް ލިބިގެންދާނެކަމަށެވެ. އެ ގާނޫނު ތަންފީޒް ކުރަބް ފެށުމާއެކު ސާފުތާޙިރުކަމުގެ މިންގަނޑާ ޙިލާފަށް ކާބޯތަކެތި އުފައްދައި ވިއްކާ ފަރާތްތައް 10 ހާސް ރުފިޔާ އާއި 1 މިލިއަނާ ދެމެދުން ޖޫރިމަނާ ކުރުމުގެ ބާރުވެސް ލިބިގެންދާނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ