ރީތި ގޮތަކީ ޕާޓީގެ ރައީސްގެ އަތްޕުޅުން ރިޔާސީ ޓިކެޓް ހަވާލުކުރުން!

ރީތި ގޮތަކީ ޕާޓީގެ ރައީސްގެ އަތްޕުޅުން ރިޔާސީ ޓިކެޓް ހަވާލުކުރުން!
ލިޔުން:
މިހާތަނަށް ރާއްޖޭގެ ތާރީހުގައި ސިޔާސީ ޕާޓީއަކުން ބޭއްވި އެންމެ ވާދަވެރި އެންމެ ފޯރިގަދަ އެތެރޭގެ އިންތިހާބެއް ބޭއްވީ އެމްޑީޕީން ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. އެއީ މިއަހަރު އޮންނަ ރިޔާސީ އިންތިޔާބަށް އެޕާޓީން ކުރިމަތިލާނެ ކެންޑިޑޭޓެއް ކަނޑައަޅަން މިދިޔަ މަހުގެ 28 ވަަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާށީ ޕްރައިމަރީއެވެ. އިންތިހާބު ވާދަވެރިވުމުގައި ގިނަ ސަބަބުތަކެއް ހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވާދަކުރެއްވުމެވެ. އެންމެ ގާތް ދެ އެކުވެރިން ވާދަކުރެއްވުމެވެ. ރާއްޖެއަށް ޑިމޮކްރަސީ ގެންނަން އެންމެ ބޮޑަށް ވަކާލާތު ކުރެއްވި "ޑިމޮކްރަސީގެ ބައްޕަ" ކަމަށްވާ ރައީސް ރައީސް ނަޝީދާއި ރައީސް ސޯލިހު ވާދަކުރެއްވި މި އިންތިހާބު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވީ ރައީސް ސޯލިހެވެ. އެއީ 61 ޕަސެންޓް ހޯއްދަވައިގެންނެވެ. ރައީސް ނަޝީދަށް ލިބުނީ 39 ޕަސެންޓެވެ. އިންތިހާބު ނިމުނުތާ ދެ ދުވަސް ފަހުން ރައީސް ނަޝީދު ބަލި ގަބޫލުވެސް ކުރެއްވިއެވެ.
"އެހެނަސް އަޅުގަނޑު ލަފާ ކުރަނީ ވޯޓް ލީ ވޯޓާސް ލިސްޓަށް ބަލައިފިނަމަ ކުޑަ ފަރަގަކުން ރައީސް ޞާލިޙް މޮޅުވާނެ ކަމަށް." ބަލި ގަބޫލު ކުރައްވައި ނަޝީދު ވިދާޅުވި އެވެ. ނަމަވެސް މި މިސެޖްގެ ފަހަތުގައި ރައީސް ނަޝީދު ވިދާޅުވި އެއްޗަކުން މި ހުރިހާ ދުވަހު އެމަނިކުފާނު ވަކާލާތު ކުރެއްވި "ޑިކޮމްރަސީ" ވެއްޔާ މޮޑެލި ކަހަލައެވެ.
"އަޅުގަނޑަށް ފެންނަނީ ރައީސް ޞާލިޙާއެކު ގޮސް 2023 ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ނުކުރެވޭނެ ކަމަށް،" ނަޝީދުގެ މެސެޖްގައި ވިދާޅުވިއެވެ. އަދި ޕަރައިމަރީގެ ކެމްޕެއިންގައި އެމަނިކުފާނު ބޭނުންކުރެއްވި "ފިކުރެއްގެ ދިރުން" ސްލޯގަންގެ ދަށުން ޕާޓީ ތެރޭގައި އިދިކޮޅު ޖަމާއަތެއް އުފެއްދުމުގެ މަސައްކަތް ފެއްޓެވިއެވެ.
ޑިމޮކްރަސީގެ ރީތި ގޮތަކީ ވާދަވެރި އިންތިހާބަކަށްފަހު މޮޅުވާ ކެންޑިޑޭޓްގެ ފަހަތަށް ބަލިވާ ކެންޑިޑޭޓް އެރުމެވެ. ޑިމޮކްރަސީގައި ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުންވެސް ފެންނަނީ މި ނަމޫނާއެވެ. ބަލީވީމާ ބަލި ގަބޫލުކުރެއްވައި މޮޅުވި ކެންޑިޑޭޓާ ދެކޮޅަށް މަސައްކަތްކުރެއްވުމަކީ ވަރަށް ހުދުމުހުތާރުކަމެއް ކަމަށް ޑިމޮކްރަސީ ދަންނަ ތަޖުރިބާކާރުން ބުނެއެވެ.
ކޮންމެއަކަސް ޕްރައިމަރީ ކާމިޔާބުކުރެއްވި ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލު ކުރަން ކުލަގަދަ ރަސްމިއްޔާތެއް ބޭއްވުމަށް އެމްޑީޕީން އަންނަނީ ތައްޔާރުވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސް ނަޝީދާއި އެކަނިިކުފާނުގެ ފިކުރެއްގެ ދިރުމުގެ ފެކްޝަނުން ބައިވެރިވާނެކަން ނުވަތަ ނޫންކަން އަދި ނޭންގެއެވެ. ހަޤީޤަތަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ސޯލިހުކަމެވެ. ޕާޓީގެ ރައީސަކީ ރައީސް ނަޝީދު ކަމެވެ. އެހެންކަމުން ޑިކޮމްރަސީގެ ރީތިގޮތަކީ އަމިއްލަ އެދުން އެއްފަރާތްކޮށް ޕާޓީގެ ރައީސްގެ އަތްޕުޅުން ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ޓިކެޓް ހަވާލުކުރުމެވެ. އަދި ޕާޓީގެ ރިޔާސީ ކެންޑިޑޭޓާއެކު ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރަން މަސައްކަތް ކުރެއްވުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
