މާލެ: 31°C

ރައީސް ސޯލިހު، އުފަންރަށް، ހިންނަވަރަށް ވަޑައިގަންނަވައިފި

ރައީސް ސޯލިހު، އުފަންރަށް، ހިންނަވަރަށް ވަޑައިގަންނަވައިފި
June 30, 2023
2 ފަހަރު ބަލާފައި
ރައީސް ސޯލިހު، އުފަންރަށް، ހިންނަވަރަށް ވަޑައިގަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، އެމަނިކުފާނުގެ އުފަންރަށް ޅ. ހިންނަވަރަށް ވަޑައިގެންފިއެވެ.

ރައީސް ، ހިންނަވަރަށް ވަޑައިގެންނެވީ މިއަދު ހެނދުނުއެވެ.

އެމަނިކުފާނު ހިންނަވަރަށް ވަޑައިގަތުމުން، އެމަނިކުފާނަށް މަރުހަބާ ކިޔުމަށާއި ސަލާމްކުރުމަށް ރަށުގެ ބަނދަރު ސަރަޙައްދަށް މީހުން އެއްވިއެވެ. މި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު ވަނީ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ. އެނގިފައިވާގޮތުގައި މިއީ ބޮޑު އީދުގެ އުފަލުގައި ހިންނަވަރުގައި ކުރިއަށްގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. އީދު ދުވަހު ރައީސްގެ ދެކަނބަލުން ތޮއްޑޫއަށް ވެސް ވަޑައިގެންނެވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ