މާލެ: 31°C

ރީކޯ މޫސާ މަނިކުގެ މަންމާފުޅު އަވަހާރަވެއްޖެ

ރީކޯ މޫސާ މަނިކުގެ މަންމާފުޅު އަވަހާރަވެއްޖެ
April 12, 2023
2 ފަހަރު ބަލާފައި
ރީކޯ މޫސާ މަނިކުގެ މަންމާފުޅު އަވަހާރަވެއްޖެ
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް މޫސާ މަނިކު (ރީކޯ މޫސާ މަނިކު) މަންމާފުޅު، ހ. ކުޑަހެންވޭރުގެ އާމިނަތު މަނިކެ އަވަހާރަ ވެއްޖެއެވެ. ރީކޯ މޫސާގެ މަންމާފުޅު ނިޔާވީ މިއަދު މެންދުރުފަހު 15:00 ހާއިރު އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަނިކޮށެވެ. ނިޔާވިއިރު މަންމާފުޅުގެ އުމުރަކީ 82 އަހަރެވެ. ޖަނާޒާގެ މޫނު ދެއްކުން މިރޭ 9:30 ފެށިގެން ދަނީ ކުރިށެވެ. އަދި މައްޔިތާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮތީ މިރޭ 12:00 ގަ އާސަހަރާ މިސްކިތުގައެވެ.
މަންމާފުޅު ނިޔާވުމުގެ ހިތާމައިގައި ރީކޯ މޫސަ،ކުރި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނުގެ މަންމާފުޅަކީ ހަޔާތުގެ ހުރިހާވެސް ކުރިއެރުމަކާއި ކާމިޔާބުގެ އަސްލުކަމުގައިއެވެ. https://twitter.com/ReekoMoosa/status/1646110121767088128?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1646110121767088128%7Ctwgr%5E56c26e67c0ac2f0b11b91771b3543cb6d4cab996%7Ctwcon%5Es1_&ref_url=https%3A%2F%2Fcdn.embedly.com%2Fwidgets%2Fmedia.html%3Ftype%3Dtext2Fhtmlkey%3Dfd92ebbc52fc43fb98f69e50e7893c13schema%3Dtwitterurl%3Dhttps3A%2F%2Ftwitter.com%2FReekoMoosa%2Fstatus%2F16461101217670881283Fcxt3DHHwWgMDR0eWblNgtAAAAimage%3Dhttps3A%2F%2Fabs.twimg.com%2Ferrors%2Flogo46x38.png  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ