މާލެ: 31°C

ރިކްރިއޭޝަން ކްލަބުން މުވައްޒަފުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވުނު: ފަހުމީ

January 29, 2025
169 ފަހަރު ބަލާފައި
ރިކްރިއޭޝަން ކްލަބުން މުވައްޒަފުންގެ އުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެވުނު: ފަހުމީ
ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ކުންފުނީގެ މުވައްޒަފުންގެ އަޚްލާޤު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި، ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަޚްލާޤު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ ރެކްރިއޭޝަން ކްލަބަކީ ކުންފުނީގެ މުވައްޒަފުންގެ އަޚްލާޤު ހިފެހެއްޓުމުގައި މުހިއްމު ދައުރެއް އަދާކުރި ފަރާތެއް ކަމަށާއި، ރެކްރިއޭޝަން ކްލަބް އަލުން ވުޖޫދުކުރުމުގެ އެއް ބޭނުމަކީ އެ އަޚްލާޤު އަލުން މުވައްޒަފުންގެ ތެރޭގައި އަށަގެންނެވުން ކަމަށް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެ އެވެ.

ސްޓެލްކޯ ރެކްރިއޭޝަން ކްލަބް އަލުން އުފައްދައި، އަންގާރަ ދުވަހު ބޭއްވި އެ ކްލަބްގެ އިފްތިތާޙީ ޖަލްސާގައި ފަހުމީ ވިދާޅުވީ، ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން ހޯދައިދިން ކާމިޔާބީތަކުގެ އެންމެ ބޮޑު ފައިދާއެއް ކުރީ ސްޓެލްކޯގެ މުވައްޒަފުންނަށް ކަމަށެވެ.

ވަރަށް ގިނަގުނާ ކާމިޔާބީތަކެއް ސްޓެލްކޯއަށް އޭރުގެ ރެކްރިއޭޝަން ކްލަބުން ހޯއްދަވައިދެއްވި ކްލަބެއް ކްލަބަކީ. އޭގެ އެންމެ ބޮޑު ފައިދާއެއް ކުރީ ކްލަބަކަށް ނޫން. އޭރުގަ ހިންގި ރެކްރިއޭޝަން ކްލަބް އަދި މިއަދުގެވެސް ރެކްރިއޭޝަން ކްލަބުން އެންމެ ބޮޑު ފައިދާއެއް ކުރީ މިއަދުގެ ސްޓެލްކޯއަށް. އޭރުގަ އިސްވެރިން ވަރަށްބޮޑަށް ބާރުއެޅުއްވި ކަމެއް އެ ރެކްރިއޭޝަން ކްލަބް މެދުވެރިކޮށް ކުންފުނީގެ މުވައްޒަފުންގެ އަދަބާ އަޙްލާޤް ވަކި ގޮތަކަށް ބައްޓަންކުރުން.“

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސްޓްލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ، ޢަބްދުﷲ ނާޡިރު ވިދާޅުވީ، އެސްއާރްސީ އަކީ ޤައުމީ ފެންވަރުގެ، ޚިދުމަތްތެރި، މޮޅު މީހުން އުފައްދާފައިވާ، ކާމިޔާބު މާޒީއެއް އޮތް ކްލަބެއް ކަމަށެވެ.

އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބްގެ ޙަރަކާތްތަކަކީ މާޒީއެއް އޮތް، އަދި އެ މާޒީ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅު ނަތީޖާތަކެއް ދައްކައިދީފަ އޮތް ކްލަބެއް އިނގޭތޯ. އެހެންވީމާ ކުންފުނީގެ މުވައްޒަފުންގެ ވަރަށްބޮޑު އުއްމީދެއް އަޅުގަނޑުމެންގެ ރެކްރިއޭޝަން ކްލަބް އަލުން އަނބުރާ ވުޖޫދަށް އައުމަކީ.“

މި ރަސްމިއްޔާތުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބުން މި އަހަރު ހިންގުމަށް ހަމަޖެހިފައިވާ ޙަރަކާތްތަކާއި، މި އަހަރު ބައިވެރިވުމަށް ހަމަޖެހިފައިވާ އެކިއެކި މުބާރާތްތައް ހިމެނޭ އެކްޓިވިޓީ ކަލަންޑަރު އިޢުލާނުކޮށްފައިވެ އެވެ. އަދި ކްލަބްގެ ވެބްސައިޓާއި ލަވަވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފަ އެވެ.

މީގެ އިތުރުން ކްލަބްގެ ޙަރަކާތްތައް ޕްރޮމޯޓްކުރުމަށާއި، ކްލަބް ކުރިއެރުވުމަށް ކަނޑައަޅާފައިވާ މަންދޫބުންނާއި އެމްބެސެޑަރުންގެ ގޮތުގައި ހަމަޖެއްސި ފަރާތްތައް އިޢުލާނުކޮށް، އެ ފަރާތްތަކަށް ވަނީ ސެޓްފިކް ހަވާލުކޮށްފަ އެވެ.

ކްލަބްގެ ހިންގުން ހަރުދަނާކޮށް، ކްލަބް ހިންގުމުގައި މެންބަރުންގެ ބައިވެރިކަން އިތުރު ކުރުމަށާއި، ކްލަބްގެ ޙަރަކާތްތަކުގެ ތެރެއިން އެކިއެކި ކުޅިވަރު ކުރިއެރުވުމަށް ސްޕޯޓްސް އެމްބެސެޑަރުންކަނޑައަޅާފައިވާ އިރު، ކުޅިވަރުގެ ދާއިރާގައި އަންހެނުންގެ ދައުރު އިތުރުކޮށް، އަންހެނުންގެ ބައިވެރިވުން އިތުރުކުރުމުގެ މަޤުޞަދުގައި ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ ވިމެންސް ވިންގް އުފައްދައި، އެ ވިންގްގެ އެމްބެސެޑަރުންވެސް މި ޖަލްސާގައި ވަނީ ކަނޑައަޅާފަ އެވެ.

އަންގާރަ ދުވަހު ސްޓެލްކޯ ރެކްރިއޭޝަން ކްލަބްގެ އިފްތިތާޙީ ޖަލްސާގެ އިތުރުން ކްލަބްގެ އަހަރީ އާންމު ޖަލްސާވެސް ވަނީ ބާއްވާފައެވެ. މި ޖަލްސާގައި ކްލަބްގެ އައު ދިދަ، ލޯގޯ، ކުލަތައް އަދި ސްލޯގަން ވަނީ ފާސްކޮށްފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ