މާލެ: 31°C

ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފި

ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
May 8, 2023
2 ފަހަރު ބަލާފައި
ރެކޯޑް އަދަދަކަށް ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފި
ވެއަތުވެދިޔަ އަހަރުތަކާ އަޅާބަލާ އިރު، މީގެ ކުރިން އަހަރުގެ ފުރަތަމަ ހަތަރުމަހުގައި ފަތުރުވެރިން އައިސްފައި ނުވާ އަދަދަކަށް މިއަހަރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓަރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމުލަ އަދަދަކީ 688,284 އެވެ.

މީގެ ކުރިން އެ މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރީ ކޮވިޑްގެ ކުރިން 2019 ގައެވެ. އެ އަހަރުގެ އޭޕްރިލް މަހާ ހަމައަށް ރާއްޖެ އައި ފަތުރުވެރިންގެ ޖުމުލައަކީ 646,093 އެވެ.

އެ އަހަރަކީ ފަތުރުވެރިކަމުގެ ތާރީހުގައި ވެސް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރި އަހަރެވެ.

މިދިޔަ ހުކުރު ދުވަހާ ހަމަޔަށް ޓޫރިޒަމް މިނިސްޓްރީ އިން ނެރުނު ތަފާސް ހިސާބުތަކުން ދައްކާ ގޮތުގަ، ރާއްޖެއައި ފަތުރުވެރިންގެ އަދަދު ވަނީ 710،645 އަށް އަރައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 17.5 އިންސައްތައިގެ ކުރިއެރުމެކެވެ.

މިދިޔަ އަހަރު، މެއި 5، އާ ހަމައަށް ރާއްޖެއަށް ޒިޔާރަތް ކުރީ 604،730 ފަތުރުވެރިންނެވެ. އޭގެ ކުރީ އަހަރު އައީ 403،304 ފަތުރުވެރިންނެވެ.

ޓޫރިޒްމަ މިނިސްޓަރީން ވަނީ މިއަހަރުހެ ނިޔަލަށް 1.8 މިލިއަން ފަތުރުވެރިން ރާއްޖެއަށް ގެނައުމަށް އަމާޒު ހިފައިފައިކަމުގައި އެމިނިސްޓްރީއިން ބުނެފައިވެއެވެ. ވެއަތުވެ ދިޔަ ތިން އަހަރު ކޮވިޑްގެ ހާލަތާއި ގުޅިގެން ފަތުރުވެރިން އަންނަ އަދަދު ދަށަށް ދިޔަ ނަމަވެސް މިހާރު، އާންމު ހާލަތަށް ރުޖޫއަވުމުން ފަތުރުވެރިކަން މިވަނީ ކުރިއަށް ވުރެ ބޮޑަށް ރަނގަޅުވެފައެވެ. މިހާރު ރާއްޖެއަށް އެންމެގިނަ ފަތުރުވެރިން ޒިޔާރަތް ކުރަނީ، ރަޝިއާ އާއި އިންޑިއާ އިން ނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ