މާލެ: 31°C
ރެސިޕީ: ޓްރެސްލެޗެސް މިލްކް ކޭކް

ރެސިޕީ: ޓްރެސްލެޗެސް މިލްކް ކޭކް

March 27, 2024
3 ފަހަރު ބަލާފައި
ރެސިޕީ: ޓްރެސްލެޗެސް މިލްކް ކޭކް
ޓްރެސްލެޗެސް ކޭކަކީ 3 ވައްތަރެއްގެ ކިރެއް އެކޮށްގެން ސްޕޮންޖްކޭކް ފޯކޮށްފައި މައްޗަށް އެމީހަކަށް މީރު ކޮންމެވެސް ކަހަލަ ފްލޭވާއެއް އެޅުމަށްފަހު ތައްޔާރު ކޮށްފައިވާ ވަރަށް މީރު ކޭކެވެ. މި ކޭކަކީ އެންމެ ފުރަތަމަ މެކްސިކޯގައި ތައްޔާރު ކުރި ކޭކެއް ކަމަށް ބައެއް ލިޔުންތަކުން ބުނެއެވެ. ބޭނުންވާތަކެތި: ކޭކް ތައްޔާރުކުރުމަށް ބޭނުންވާތަކެތި:
  • 3 ބިސް (ހުދު ބަޔާއި ޔޯކް ވަކިކޮށްފައި)
  • 1/2 ޖޯޑު ހަކުރު (2 ބަޔަކަށް ބަހާލާފައި)
  • 1 ސައި ސަމްސާ ވެނީލާ އެސެންސް
  • 1/4 ސައި ސަމްސާ ލޮނު
  • 3 މޭޒުމަތީ ސަމްސާ ކިރު
  • 2/3 ޖޯޑު ފުއް
  • 1 1/2 ޖޯޑު ކޯން ފްލާ
  • 1 1/2 ސައި ސަމްސާ ބޭކިންގ ޕައުޑާ
3 ކިރު މިކްސްޓާ އަދި ޓޮޕިންގްސް އަށް ބޭނުންވާތަކެތި:
  • 3/4 ޖޯޑު ގެރި ކިރު
  • 1 12 އައުންސް އެވަޕޮރޭޓެޑް ކިރު
  • 1/2 ޖޯޑު ކިރު
  • 1/4 ސައި ސަމްސާ ސިނަމަން ޕައުޑާ (ބޭނުންނަމަ)
  • 1 1/4 ޖޯޑު ވިޕިންގ ކްރީމް
  • ބޭނުންވާ މޭވާތައް
ތައްޔާރުކުރާނެގޮތް: ޓްރެސްލެޗެސް މިލްކް ކޭކް ތައްޔަރުކުރުމަށް ބިހުގެ ހުދުބަޔާއި ޔޯކް ވަކިކޮށް ދެ ތައްޓަކަށް އަޅާނީއެވެ. އެއަށްފަހު ޔޯކް އެޅި ތައްޓަށް ހަކުރުގެ އެއްބަޔާއި ވެނީލާ އެސެންސް އަދި ލޮނު އަޅައި 3-2 މިނެޓަށް ރަނގަޅަށް އެއްކޮށްލާނީއެވެ. ދެން އޭގެ ތެރެއަށް ކިރު އަޅައި އެއްކޮށްލުމަށްފަހު ފުށާއި ކޯން ފްލާ އަދި ބޭކިންގ ޕައުޑާ އަޅައި އަނެއްކާވެސް ރަނގަޅަށް އެއްކޮށްލާނީއެވެ. އެއަށްފަހު ބިހުގެ ހުދުބައި ވިސްކް ކުރަން ފަށާނީއެވެ. ވިސްކް ކުރަމުން މަޑުމަޑުން ހަކުރުގެ އަނެއް ބައި އަޅައި ފްލަޕީ ވަންދެން ވިސްކް ކުރަންވާނެއެވެ. ދެން 3-2 ފަހަރު މަތިން ޕްލަޕީވި ބައި ކުރިން ތައްޔާރުކުރި ބަޓާ ތެރެއަށް އަޅަމުން ގެންދާނީއެވެ. މިކްސް ކުރާއިރު ބޭނުންކުރަންވާނީ ރަބަރު ސްޕެޗުލާއެކެވެ. އަދި މާބޮޑަށް މިކްސްވިޔަދީގެން ނުވާނެއެވެ. އެއްކޮށް މިކްސްކޮށް ނިމުނުން ބޭކިންގ ޕޭންއަށް އެޅުމަށްފަހު 18-15 މިނެޓަށް އަވަނަށްލާ ފިހެލާށެވެ. 3 ކިރު މިކްސްޓާ ތައްޔާރުކުރުމަށް ގެރި ކިރާއި 2 ވައްތަރުގެ ކިރު އަދި ސިނަމަން އަޅައި ރަނގަޅަށް އެއްކޮށްލުމުން މިކްސްޓާ ތައްޔާރުވީއެވެ. އެއަށްފަހު ކޭކްގެ މައްޗަށް އެޅުމަށް ވިޕިންގ ކްރީމް ވިޕްކޮށް ބޭނުންވާ މޭވާތައް ތައްޔާރުކުރާނީއެވެ. ދެން ކޭކް ފިހެވުމުން ފުށުން ޖެހުމަށްފަހު މަޑުމަޑުން 3 ކިރު މިކްސްޓާ ކޭކްގެ މައްޗަށް އަޅާލާނީއެވެ. އަދި ކޭކްގެ މައްޗަށް ވިޕިންގ ކްރީމް އަޅައި މޭވާ އިން ޑެކެރޭޓް ކޮށްލުމުން ޓްރެސްލެޗެސް މިލްކް ކޭކް ތައްޔާރުވީއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ